Ads by Aqeeqa Maldives

ޚަބަރު

އަޅުގަނޑު ވީ އެއްވެސް ވަޢުދެއް ހަނދާނެއް ނުނެތޭ: ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު ވީ އެއްވެސް ވަޢުދެއް ހަނދާނެއް ނުނެތޭ: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ރައީސް އޮފީސް

20 މޭ 2025، 01:06

ކެމްޕެއިނުގައިވެސް އަދި އޭގެ ފަހުންވެސް ވެވަޑައިގެންނެވި އެއްވެސް ވަޢުދުފުޅެއް ހަނދާނެއް ނުނެތޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މުލަކު އަތޮޅު މުލީ އެއަރޕޯޓް ހުޅުވުމަށް ބޭއްވި ޚާއްޞަ ރައްމިއްޔާތުގައި ރައްޔިތުންނާއިި މުޚާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މުލީގައި ހުޅުވިގެން ދިޔަ އެއަރޕޯޓު ވެގެންދާނީ އެރަށަށް އިޤުތިޞާދީގޮތުން ކުރިއެރުން ގެނައުމަށް ހުޅުވިގެންދާ މައި ދޮރާއްޓަކަށްކަމަށެވެ. އެގޮތުން، އެއާޕޯޓްއާއެކު ފަތުރުވެރިކަމުގެ ގޮތުން ރަށަށް ކުރިއެރުން ހޯދަައިދިނުމަށް ޓޫރިޒަމް މިނިސްޓްރީން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ރައީސް ވަނީ މުލީގެ ރައްޔިތުންނަށް ދެއްވާފައެެވެ.

މުލީގައި ހުޅުވިގެންދިޔަ އެއަރޕޯޓާއިއެކު އެކަމުގެ ފައިދާ މުޅި މުލަކު އަތޮޅަށް ކުރާނެކަން ފާހަގަ ކުރައްވާ، ރައީސް ވިދާޅުވީ މި އެއާޕޯޓް ހުޅުވުވިގެން ދިއުމާއެކު މުޅި މ. އަތޮޅު ތަރައްޤީވެގެން ދާނެ ކަމުގައެވެ. އެއަރޕޯޓުގެ އިތުރުން އެމަނިކުފާނު ވަޢުދުވެލެއްވިގޮތަށް މުލީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުވެސް ކުރިއަށް ގެންދަވާނެކަމަށެވެ. ހަަމައެއާއެކު މި އަންނަ އަހަރު މުލީގެ މަގުހެދުމުގެ މަސައްކަތް ފަށާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

ރައީސް ވިދާޅުވީ އެއްވެސް އަތޮޅެއް ބާކީ ނުކޮށް ހުރިހާ ރައްޔިތުންނަށްވެސް ޚިދުމަތްދިނުމަކީ އެމަނިކުފާނުގެ ތަސައްވުރު ކަމަށެވެ. 

"ތިބޭފުޅުންގެ އުއްމީދުތަކުގައި ކުލަޖެއްސުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް
ރައްޔިތުންގެ ގާތަށް އައުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް. ރައްޔިތުންނަށް ޓަކައި, ރައްޔިތުން އެދޭ ކަންކަން ކުރުން ނޫން ވިސްނުމެއް އަޅުގަނޑުގެ ނެތް" ރައީސް ވިދާޅުވިއެެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާލޭގައި ހުރެ މާލެއަށް ކައުންސިލްތަކާއި މުއައްސަސާތައް  ގެންގޮސްގެން ކަންކަން ކުރާ ސްޓައިލް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި، ބޭނުންވަނީ ރައްޔިތުންގެ ގާތަށް އައިސްގެން, ކަންކަން ބަލާ ކަންކަން ކުރަންކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS