Ads by Aqeeqa Maldives

ޚަބަރު

ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ފައިގެ ފަލަމަސްގަނޑާ ހިސާބުން ބިންދައިގެން ހިނގައްޖެ

ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ފައިގެ ފަލަމަސްގަނޑާ ހިސާބުން ބިންދައިގެން ހިނގައްޖެ

ސިނަ މާލެ ބުރިޖު، ފޮޓޯ: ނައިޝް ނާހިދު

farudhun logo

ފަރުދުން

22 މޭ 2025، 08:25

22 މޭ 2025، 08:25

ސިނަމާލެ ބުރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ފައިގެ ފަލަމަސްގަނޑާ ހިސާބުން ބިންދައިގެން ހިނގައްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ބުރިޖުގައި ހަތަރު ސިގްނަލް ދީގެން މަޑުކޮށްފައި އޮތް ކާރެއް އޮތުމުން މަޑުކޮށްލި ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހިގެންނެވެ. އަދި އެއަށްފަހު މި ދެ ސައިކަލު ވެސް ވަނީ ކާރުގައި ޖެހިފައެވެ. 

މި އެކްސިޑެންޓުގެ ތެރެއިން އިތުރު އެކްސިޑެންޓެއް ހިނގިކަމަށް ވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޙިއްސާކޮށްފައެވެ. އެގޮތުން އެއީ ފުރަތަމަ އެކްސިޑެންޓާ ގުޅިގެން ޓްރެފިކް ފްލޯރ ހުއްޓިފައި އޮއްވައި، އިތުރު ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. އަދި ފައިގެ ފަލަމަސްގަނޑުން ބިންދައިގެން ދިޔައީ އެ ސައިކަލުގައި އިން މީހާގެއެވެ. 

މި އެކްސިޑެންޓުތަކާ ގުޅިގެން ޖުމްލަ ތިން މީހަކަށް ވަނީ އަނިޔާ ލިބިފައެވެ.  އަދި މި ތިން މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވަނީ ރޭ ހާމަކޮށްފައެވެ. 

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS