Ads by Aqeeqa Maldives

ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ކަސްޓަމްސްއިން 22 މެއި 2025ގައި އަތުލައިގަތް މަސްތުވާތަކެތި، ފޮޓޯ: ކަސްޓަމްސް

23 މޭ 2025، 10:00

ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އިއްޔެ އަތުލައިގެންފިއެވެ.

މި މަސްތުވާތަކެތި ފެނިފައި ވަނީ ރާއްޖެ އެތެރެކުރަން އުޅުނު މުދާ ޝިޕްމެންޓެއްގެ ތެރެއިންކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.

ކަސްޓަމްސްއިން މި ޝިޕްމެންޓް ބަލާ ފާސްކުރީ، އެ އިދާރާއަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެންނެވެ.

ވެލާނާ އެއާރޕޯޓުން އަތުލައިގަތް މި ޝިޕްމެންޓުގައި ހުރީ މެތަމްފެޓަމިންއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގަކީ 7.2 މިލިއަން ރުފިޔާކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.



މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ކުރަމުންނެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ވެސް، ވައިގެ މަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވެއެވެ. އެ ދުވަހު އަތުލައިގަތް ކޮކެއިންގެ ބަރުދަނުގައި 1020 ގްރާމް ހުއްޓެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS