ކިހިނެއް
ބީއެމްއެލްގެ އިންސްޓަންޓް ފައިނޭންސިންގ އިން ކުއްލި ޙާލަތްތަކަށް އަވަހަށް ފައިސާ ލިބޭނީ ކިހިނެތް؟

ބޭންކް އޮފް މޯލްޑިވްސް/ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އިންސްޓަންޓް ފައިނޭންސިންގ އިން ކުއްލި ޙާލަތްތަކަށް ނުވަތަ ޚަރަދުތަކަށް އަވަހަށް ފައިސާ ލިބޭނެ ގޮތް އެނގޭތަ؟
މިކަމަށް އެދި ހުށައަޅަން އެންމެ ރަނގަޅު ވަޤުތަކީ ކޮބާ؟
- ހެނދުނު 09:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ދެމެދުގެ ވަޤުތެއްގައި ހުށައެޅޭނެ.
- މި ވަޤުތުތަކުގައި ހުށައެޅުމުން 4 ގަޑިއިރުގެ ތެރޭގައި އެކައުންޓަށް ފައިސާ ޖަމާވާނެ.
- މި ނޫން ވަޤުތެއްގައި ހުށަހަޅައިފިނަމަ ޖެހިގެން އަންނަ ދުވަހު ފައިސާ ޖަމާވާނެ.
- އޯޓީޕީ ކޯޑު ޖަހަންޖެހޭނީ އޮތެންޓިކޭޓަރ މެދުވެރިކޮށް.
މިކަމަށް ހުށަހަޅާއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތައް އެނގޭތަ؟
- ބޭންކަށް އެންމެ ފަހުގެ މަޢުލޫމާތުތައް ދީފައި ހުންނަންވާނެ.
- ލުއި ލޯނެއް ނުވަތަ ޕާސަނަލް ފައިނޭންސިންގ ނެގިދާނެ.
- އެއްފަހަރާ ނެގޭނީ އެއް ބާވަތެއްގެ ލޯނެއް.
- އެއް ލޯނެއް ހިނގަމުންދާއިރު އަނެއް ލޯނަކަށް ހުށައެއް ނޭޅޭނެ.
- ހުށަހަޅާ އަދަދު އެކްސްޕެކްޓެޑް ކްރެޑިޓް ލިމިޓުން އުނިވާނެ.
- އެޕްލިކޭޝަންގެ އަޕްޑޭޓް އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ބޭންކުން ފޮނުވާނެ.
މިހާރު ވެސް ލުއި ލޯނެއް ނަގާފައިވާނަމަ ދެން ކަންތައް ކުރާނީ ކިހިނެތް؟
- 3 މަސް ދުވަހުގެ ފައިސާ ދެއްކުމަށްފަހު ރީފައިނޭންސިންގ އަށް ހުށައެޅޭނެ.
- އެޕުން ފެންނަށް އިންނާނީ ޕްރީ އެޕްރޫވްޑް އަދަދަކަށްވުމުން އެޔަށް ސަމާލުކަންދޭން ވާނެ.
- ލޯނު އެޕްރޫވް ކުރާނީ ކްރެޑިޓް ހިސްޓްރީއަށް ބެލުމަށްފަހު.