Ads by Stelco

ޚަބަރު

ދިވެހިރާއްޖެއިން އޯޝަންސް އެކައުންޓް އެކުލަވާލުމުގެ މަގުޗާޓު އިފްތިތާހުކޮށްފި

ދިވެހިރާއްޖެއިން އޯޝަންސް އެކައުންޓް އެކުލަވާލުމުގެ މަގުޗާޓު އިފްތިތާހުކޮށްފި

ދިވެހިރާއްޖެއިން ޤައުމީ ފެންވަރުގައި އޯޝަންސް އެކައުންޓް އެކުލަވާލުމުގެ މަގުޗާޓު އިފްތިތާހުކުރުން، ފޮޓޯ: ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު

farudhun logo

ފަރުދުން

11 ޖޫން 2025، 12:10

11 ޖޫން 2025، 12:10

ދިވެހިރާއްޖެއިން ޤައުމީ ފެންވަރުގައި އޯޝަންސް އެކައުންޓް އެކުލަވާލުމުގެ މަގުޗާޓު އިފްތިތާހުކޮށްފިއެވެ. 

މި މަގު ޗާޓު އިފްތިތާހުކުރީ މިހާރު ކުރިއަށްދާ އ.ދ.ގެ ތިންވަނަ އޯޝަންސް ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން ގްލޯބަލް އޯޝަންސް އެކައުންޓްސް ޕާރޓްނަރޝިޕްއާއެކު އިންތިޒާމުކުރި ސައިޑް އިވެންޓްގައި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހިމްއެވެ. 

މި މަގުޗާޓުގައި މައިގަނޑު 3 ލަނޑުދަނޑިއެއް އެކުލެވިގެންވެއެވެ. އެއީ: 

  •  2026 ވަނަ އަހަރުގެ ނިޔަލަށް، އޯޝަން އެކަންޓްސްގެ މަސައްކަތްކުރުމަށް ބިންގާ އެޅުން،
  •  2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޯޝަން އެކައުންޓްސް ޕައިލެޓްކޮށް، ގައުމީ ފެންވަރުގެ ނިޒާމެއް އެކުލަވާލުން، އަދި
  •  2030 ވަނަ އަހަރުގެ ނިޔަލަށް، އޯޝަން އެކައުންޓްސްގެ ނިޒާމުން ލިބޭ މައުލޫމާތު ހުރިހާ ގިންތިއެއްގައި ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރުން.

މަގުޗާޓު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ތާރިގު އިބްރާހިމް ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރައްގީ އާއި އިޖްތިމާއީ ދުޅަހެޔޮކަން ބިނާވެފައިވަނީ ކަނޑާއި އައްސޭރިފަށުގެ ދިރޭތަކެތީގެ ނަސްލުތަކަށްކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ގުދުރަތީ ރައުސުލްމާލާއި ދިރޭތަކެތީގެ ނަސްލުތަކާއި މާހައުލުތައް ރައްކާތެރިކުރުމުގެ މުހިއްމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

އޯޝަން އެކައުންޓްސްއަކީ ތިމާވެށީގެ ދާއިރާއިން، ހާއްސަކޮށް ކަނޑާއި އައްސޭރިފަށުގެ ގުދުރަތީ ނަސްލުތަކާއި މާހައުލީ ނިޒާމުތައް، ގުދުރަތީ ވަސީލަތްތަކެއްގެ ގޮތުގައި ގުނަކޮށް، މިންކޮށް، އެ ވަސީލަތްތަކުގެ ހާލަތު ދެނެގަނެ، އޭގެއިން ލިބޭ އިގުތިސާދީ އަދި އިޖްތިމާއީ ފައިދާތައް ހިސާބުކިތާބުކޮށް ދެމެހެއްޓެނިވި ތަރައްގީ ބައްޓަންކުރުމަށް މަގުފަހިކޮށްދޭ އޮނިގަނޑެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS