Ads by Stelco

ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކަސްޓަމްސްއިން އަތުލައިގެން ތަކެތި ބަލާ ފާސްކުރަނީ---

11 ޖޫން 2025، 12:29

ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އެތެރެކުރަން މަސައްކަތްކުރީ ޕްލާސްޓިކް ގަސް ޕޮޓުތަކެއްގެ ތެރޭގައެވެ. 



ކަސްޓަމްސްގެ މި އޮޕަރޭޝަނަކީ އެ ސަރވިސްއަށް ލިބުނު އިންޓެލިޖެންސް މަޢުލުމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ސާރވިސްއިން ހާމަކުރެއެވެ. މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 26 މިލިޔަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއްވިއެވެ.

ކަސްޓަމްސްއިން އަތުލައިގަތް ތަކެތި ބަންދުކޮށްފައި ހުރީ 33 ޕެކެޓުގައެވެ. އަދި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު މި ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިނޮއިޑް އޮއިލްއަށް ޕޮޒިޓިވްވެފައެވެ.

މިއޮޕަރޭޝަނާއި ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވާކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާހަމަކުރަމުންކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS