ދުނިޔެ

އިޒްރާއީލުގެ ހަރުކަށި ވަޒީރުންނަށް ފަސް ގައުމަކުން ފިޔަވަޅު އަޅައިފި

އިޒްރާއީލުގެ ހަރުކަށި ވަޒީރުންނަށް ފަސް ގައުމަކުން ފިޔަވަޅު އަޅައިފި

އިތަމާރު ބެން-ގެވިރު އަދި ބެޒަލެލް ސްމޮޓްރިޗް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖޫން 2025، 10:12

11 ޖޫން 2025، 10:12

އޮސްޓްރޭލިއާ، ކެނެޑާ، ނިއުޒިލެންޑް، ނޯވޭ އަދި ޔުނައިޓެޑް ކިންގްޑަމުން އިސްރާއީލުގެ ހަރުކަށި ވަޒީރުން ކަމުގައިވާ އިތަމާރު ބެން-ގެވިރު އަދި ބެޒަލެލް ސްމޮޓްރިޗްގެ މައްޗަށް ރަސްމީކޮށް ފިޔަވަޅު އަޅައިފިއެވެ. 

 މި ފިޔަވަޅުތައް އަޅާފައިވަނީ ހުޅަނގުއައްސޭރި އަދި ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގައި އެކަންކަމަށް  ހިތްވަރުދެމުންދާތީއެވެ.

އިޒްރާއީލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެން-ގެވިރު އަކީ ނަސްލީ ތަފާތުކުރުމަށް ހިތްވަރުދިނުމާއި ޓެރަރިސްޓް ޖަމާއަތަކަށް އެހީތެރިވުމުގެ ކުށް ކުރިން ސާބިތުވެފައިވާ މީހެކެވެ. މި ދެ ވަޒީރުންނަކީ ހުޅަނގުއައްސޭރީގެ ޣައިރު ޤާނޫނީ އާބާދީތަކުގައި ދިރިއުޅޭ ދެ މީހުންނެވެ. އަދި މިއީ ފަލަސްތީނު ރައްޔިތުން ނައްތާލުމަށާއި، އެމީހުން ފަލަސްތީނުން ބޭރުކުރުމަށް ގޮވާލާ ދެ މީހުންނެވެ.

މި 5 ގައުމުގެ ފޮރިން މިނިސްޓަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބެން-ގެވިރު އަދި ސްމޮޓްރިޗް ވަނީ ހަރުކަށި އަނިޔާވެރިކަމަށް ހިތްވަރުދީ، ފަލަސްތީނުގެ އިންސާނީ ޙައްޤުތަކަށް ނުރައްކާވާފަދަ ޢަމަލުތަކެއް ހިންގާފައި ކަމަށެވެ. މި ފިޔަވަޅުތަކުގެ ދަށުން މި ދެ ވަޒީރުންގެ މުދާ ހިފެހެއްޓުމާއި، މި 5 ގައުމަށް ދަތުރުކުރުން މަނާކުރެވޭނެއެވެ.

އިޒްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރު މި ފިޔަވަޅުތަކާ މެދު ވަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ "ޤަބޫލުކުރެވޭނެ ކަމެއް ނޫން" ކަމަށް ބުނެފައެވެ. އަދި މި ކަމާ ގުޅޭގޮތުން ޖަވާބުދާރީވުމަށް އަންނަ ހަފްތާގެ ކުރީކޮޅު ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ސްމޮޓްރިޗް ވަނީ ހިބްރޫންގައި އާ ޣައިރު ޤާނޫނީ އާބާދީއެއް ޤާއިމުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން، މި ފިޔަވަޅުތަކަށް ފާޑުކިޔާ، އިޒްރާއީލުގެ ބިންތައް އާބާދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ފިޔަވަޅުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، މިއީ "އެއްގޮތަކަށްވެސް އެހީތެރިވެދޭނެ ކަމެއް ނޫން" ކަމަށް ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS