ދުނިޔެ

ތާލިބާން ސަރުކާރުން ދިރޭ ތަކެތީގެ ފޮޓޯ ނެގުމާއި ޝާއިޢުކުރުން މަނާކުރުމަށް އައު ޤާނޫނެއް ތަންފީޒުކުރަން ނިންމައިފި

ތާލިބާން ސަރުކާރުން ދިރޭ ތަކެތީގެ ފޮޓޯ ނެގުމާއި ޝާއިޢުކުރުން މަނާކުރުމަށް އައު ޤާނޫނެއް ތަންފީޒުކުރަން ނިންމައިފި

އަފްޣާނިސްތާނުގެ ޕަންޖިޝަރް ވާދީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޮކްޓޯބަރު 2024، 08:18

15 އޮކްޓޯބަރު 2024، 08:18

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ "މިނިސްޓްރީ ފޮރ ދަ ޕްރޮޕަގޭޝަން އޮފް ވާރޗު އެންޑް ދަ ޕްރިވެންޝަން އޮފް ވައިސް" އިން ވަނީ ދިރޭ ތަކެތީގެ ފޮޓޯ ނެގުމާއި ޝާއިޢުކުރުން މަނާކުރާ އައު ޤާނޫނެއް ތައް ތަންފީޒުކުރާނެ ކަމަށް އިޢުލާންކޮށްފައެވެ. މި ޤާނޫނު ހިނގާނީ މީޑިއާ ވެސް ހިމެނޭ ގޮތަށް އެންމެންގެ މައްޗަށެވެ.

ދަ ޓެލެގްރާފްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ޤާނޫނެއް ވަނީ ކުރީގެ ތާލިބާން ވެރިކަމުގައި (1996 އިން 2001 އަށް) ވެސް ތަންފީޒުކުރަމުން ގެންގޮސްފައެވެ. އަދި ތާލިބާނުން އަލުން ވެރިކަމަށް އައުމާއެކު ކަންދަހާރުގައި ތިބި ތާލިބާން އޮފިޝަލުންނަށް ދިރޭ ތަކެތީގެ ފޮޓޯ އާއި ވީޑިއޯ ނެގުން މަނާކުރެވުނު ނަމަވެސް، އޭރު އެ ޤާނޫނު ނުހިނގާ ގޮތަށް އޮތީ ނޫސްވެރިންނަށެވެ. ނަމަވެސް މިހާރު އެކަން ބަދަލުވެގެން ދާނެ ކަމަށް ބެލެވެއެވެ.

މިނިސްޓްރީގެ ތަރުޖަމާނު ސައިފުލް އިސްލާމް ޚައިބަރު ވަނީ އޭޖެންސް ފްރާންސް-ޕްރެސްއަށް ދެއްވި ބަޔާނެއްގައި "މި ޤާނޫނު ހިނގާނީ މުޅި އަފްޣާންޣާނިސްތާނަށް... އަދި މިއީ ހަރުފަތްތަކަކަށް ބަހާލައިގެން ތަންފީޒުކުރެވޭނެ ޤާނޫނެއް" ކަމަށް ވިދާޅުވެފައެވެ.

މި މަޢުލޫމާތު ލޯކަލް ނޫސްވެރިންނާ ހިއްސާކުރެވުނީ ހޯމަ ދުވަހު ބޭއްވުނު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ތާލިބާނުން ވަނީ "މޮރަލިޓީ ޕޮލިސް" އިން މި ޤާނޫނު ތަދްރީޖީކޮށް ތަންފީޒުކުރަން ފަށާނެ ކަމަށް ބުނެފައެވެ. އަދި ފޮޓޯގްރާފަރުންނާއި ފޮޓޯ ނޫސްވެރިންނަށް ވަނީ ދުރުން ފޮޓޯ އާއި ވީޑިއޯ ނެގުމަށާއި، މަދު ހަރަކާތްތަކެއް ކަވަރުކުރުމަށް އިރުޝާދު ދީފައެވެ. މިއީ ދިރޭ ތަކެތި ކެމެރާގައި ނުދެއްކުމުގެ އާދަ އަށަގެންނެވުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން