ކުޅިވަރު

އެސޯސިއޭޝަން ކަޕް: އެޗްޑީސީ އާއި ސިފައިން ފައިނަލަށް

އެސޯސިއޭޝަން ކަޕް: އެޗްޑީސީ އާއި ސިފައިން ފައިނަލަށް

ސެމީފައިނަލްގައި އެޗްޑީސީގެ އިސްމާއިލް ސާޖިދު ބާރު ހަމަލާއެއް ފޮނުވާލަނީ: ފޮޓޯ: އަދަދު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ޖުލައި 2025، 07:44

02 ޖުލައި 2025، 07:44

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގެ ފައިނަލްގެ ޖާގަތައް ކްލަބް އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)އިން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ  އެޗްޑީސީ އާއި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބެވެ. މި މެޗު އެޗްޑީސީއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. 

މެޗުގެ ފުރަތަމަ ސެޓު ފޯރިގަދަކޮށް ކުރިޔަށް ދިޔައިރު، އެ ސެޓު 28-26އިން ކާމިޔާބުކުރީ އެޗްޑީސީއެވެ. ނަމަވެސް އިތުރު ހިއްވަރާއެކު މަސައްކަތްކުރި ދަނޑިމަގު ސްޕޯޓްސްއިން ވަނީ ދެވަނަ ސެޓު 25-21 ޕޮއިންޓުން ކާމިޔާބުކޮށްފައެވެ. 

އެޗްޑީސީއިން މެޗު ގެންދިޔައީ ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު 25-19 އަދި 25-22 ޕޮއިންޓުން ކާމިޔާބުކޮށްގެނެވެ. 

ސެމީފައިނަލްގެ ދެވަނަ މެޗު ރޭ ކުޅުނުއިރު، އެ މެޗުގައި ޑީއެސްސީއިން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކުރީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ސެޓުތައް އެޗްޑީސީއިން ކާމިޔާބުކުރީ 25-20، 25-21 އަދި 25-22 ޕޮއިންޓުންނެވެ. 

ސިފައިންގެ ޓީމުން މި މެޗުގައި އެންމެ މޮޅަށް ކުޅުނީ އާދަމް ނަސީމް (އެޑަމް)، އާދަމް ފައިރޫޒް އަދި ހުސެއިން ޝާހިދުއެވެ.

މި މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅޭނީ މިއަދު ހަވީރެވެ. އެ މެޗުގައި ބައްދަލުކުރާނީ ހުރާ ކޮމިއުނިޓީ ކްލަބާއި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބެވެ.

އަދި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެސް މި ދެ ޓީމު ބައްދަލުކޮށްފައިވާއިރު، އެ މެޗު 3-2 ސެޓުން ކާމިޔާބުކުރީ އެޗްޑީސީއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS