Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ އަރބަން ރީ-ޑިވެލޮޕްމަންޓް އޮތޯރިތީއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ އަރބަން ރީ-ޑިވެލޮޕްމަންޓް އޮތޯރިތީއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ އަރބަން ރީ-ޑިވެލޮޕްމަންޓް އޮތޯރިތީއަށް ޒިޔާރަތްކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

02 ޖުލައި 2025، 11:39

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރުގެ އަރބަން ރީ-ޑިވެލޮޕްމަންޓް އޮތޯރިތީއަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަރބަން ރީ-ޑިވެލޮޕްމަންޓް އޮތޯރިތީ (ޔޫއާރްއޭ) އަށް ވަޑައިގަތުމާއެކު، ޔޫއާރްއޭގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް ޕްލޭނަރ މިސް އެޑީލް ޓެން ޝިއާއޯ ލިންގް، އަދި ޔޫއާރްއޭގެ ހައުސިންގ ޑިވެލޮޕްމަންޓް ބޯޑުގެ ޕޮލިސީ އެންޑް ޕްރޮޕަޓީ ޑިޕާޓްމަންޓުގެ ޑިރެކްޓަރ މިސް ޓްޒީ މިންގް ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.

އަރބަން ރީ-ޑިވެލޮޕްމަންޓް އޮތޯރިތީން ވަނީ، އެ އޮތޯރިޓީގެ "ސިންގަޕޫރު ސިޓީ ގެލެރީ" ރައީސުލްޖުމްހޫރިއްޔާއަށް ދައްކަވައިލައްވާފައެވެ. ހަމަ އެހެންމެ، އެޤައުމުގެ ލޭންޑް ޔޫސް ޕްލޭން އާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްޞަ ޕްރެސެންޓޭޝަނެއް މި ޒިޔާރަތުގެ ތެރެއިން އެމަނިކުފާނަށް ވަނީ ދައްކަވައިލައްވާފައެވެ. މީގެ އިތުރުން، މި ޒިޔާރަތުގެ ތެރެއިން ރައީސް ވަނީ "ކިޔު އެންޑް އޭ" ސެޝަނެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، މި އޮތޯރިޓީގެ އެކި ހިސާބުތައް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެޤައުމުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ދާއިރާތަކުން އެއްބަސްވުންތަކެއް އެކުލަވާލާނެއެވެ. އެގޮތުން، އެކުލަވާލި އެއްބަސްވުންތަކުގެ ތެރޭގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އައި.ޓީ.އީއާއެކު އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS