Ads by Exprox

ޚަބަރު

ވޭޕް މަނާކުރުމަށް ރާއްޖޭން އެޅީ މުހިންމު ފިޔަވަޅެއް، ރައީސްގެ ނިންމެވުމަށް މަރުޙަބާ- ދުނިޔޭގެ ސިއްޚަތު ޖަމްޢިއްޔާ

ވޭޕް މަނާކުރުމަށް ރާއްޖޭން އެޅީ މުހިންމު ފިޔަވަޅެއް، ރައީސްގެ ނިންމެވުމަށް މަރުޙަބާ- ދުނިޔޭގެ ސިއްޚަތު ޖަމްޢިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު- ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

16 އޮކްޓޯބަރު 2024، 11:28

16 އޮކްޓޯބަރު 2024، 11:28

ވޭޕްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ރާއްޖޭން އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި ރައީސްގެ ނިންމެވުމަށް މަރުޙަބާ ވިދާޅުވާ ކަމަށް ދުނިޔޭގެ ސިއްޚަތު ޖަމްޢިއްޔާ، ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ބުނެފިއެވެ.

އެ ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ އޮފީހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއިން ވޭޕިންގ މަނާކުރުމަށް ކުރި އިޢުލާނަށް މަރުޙަބާ ކިޔާކަމަށެވެ. އަދި މިއީ ޚާއްޞަކޮށް ޒުވާން ކުދިންގެ މެދުގައި ކަންބޮޑުވާންޖެހޭ މިންވަރަށް ވޭޕިންގ އިތުރުވަމުންދާ ވަގުތެއްގައި އެކަން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބެކޯ ސަރވޭގެ މަޢުލޫމާތުން ދައްކާގޮތުގައި، ދިވެހިރާއްޖޭގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 23.1% ފިރިހެން ކުދިންނާއި 10.7% އަންހެން ކުދިން އީ-ސިގިރެޓް ބޭނުންކޮށްފައިވާ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

ޚާއްޞަކޮށް ޑަބްލިއު.އެޗް.އޯގެ ދެކުނު އޭޝިއާ ސަރަޙައްދުގެ ޒުވާނުންގެ މެދުގައި އިލެކްޓްރޯނިކް ސިގިރެޓް ނުވަތަ އިލެކްޓްރޯނިކް ނިކޯޓިން ޑެލިވަރީ ސިސްޓަމްސް (އީީ.އެން.ޑީ.އެސް)، އިލެކްޓްރޯނިކް ނޮން-ނިކޯޓިން ޑެލިވޑެލިވަރީ ސިސްޓަމްސް (އީ.އެން.އެން.ޑީ.އެސް)، ހީޓެޑް ޓޮބެކޯ ޕްރޮޑަކްޓްސް (އެޗް.ޓީ.ޕީ) އަދި ނިކޯޓިން ޕައުޗްތައް (އެން.ޕީ) ފަދަ އައު އަދި އުފެދެމުންދާ ނިކޯޓިނާއި ދުންފަތުގެ އުފެއްދުންތައް (އެން.އީ.އެން.ޓީ.ޕީ) ބޭނުންކުރުން އިތުރުވަމުންދާކަމީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއްކަންވެސް އެ ޖަމްޢިއްޔާއިން ވަނީ ފާހަގަ ކުރައްވާފައެވެ.

އެއާއެކު ހުރިހާ ބާވަތެއްގެ ދުންފަތުގެ އިސްތިޢުމާލަކީ ގެއްލުން ހުރި ތަކެތި ކަމަށާއި އޭގެ ސަބަބުން ކެންސަރު، ހިތުގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް އަދި ހަކުރު ބަލި ފަދަ ނުރައްކާތެރި  ބަލިތަކަށް މަގުފަހިވާކަން ޑަބްލިއުއެޗްއޯ އިން ހާމަކުރެއްވިއެވެ.

<blockquote class="twitter-tweet"><p lang="en" dir="ltr">Congratulations <a href="https://twitter.com/hashtag/Maldives?src=hash&amp;ref_src=twsrc%5Etfw">#Maldives</a> 🇲🇻 for announcing a ban on vaping. An important initiative to arrest the worrying trend of increase in vaping, specially among young adolescents. As per the 2019 Global Youth Tobacco Survey, 23.1% boys and 10.7% girls in the age group of 13 to 15 years… <a href="https://t.co/mffmWgYZL2">https://t.co/mffmWgYZL2</a></p>&mdash; World Health Organization South-East Asia (@WHOSEARO) <a href="https://twitter.com/WHOSEARO/status/1846149298741727448?ref_src=twsrc%5Etfw">October 15, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ނިންމެވުމަކީ މުސްތަޤުބަލާއި ޒުވާނުންގެ ކުރިއެރުމަށް ނިންމެވި ރަނގަޅު ނިންމެވުމެއްކަން ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިކަމަށްޓަކައި ޞިއްޚީ މާހިރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ދަނީ ރައީސްގެ ނިންމެވުމަށް ތާޢީދުކޮށް ޝުކުރު އަދާކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco