Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ ޓުއަސް ޕޯޓަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ ޓުއަސް ޕޯޓަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ ޓުއަސް ޕޯޓަށް ޒިޔާރަތްކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

02 ޖުލައި 2025، 04:37

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ޓުއަސް ޕޯޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޓުއަސް ޕޯޓަށް ވަޑައިގަތުމާއެކު، ގުރޫޕް ހެޑް އޮފް ބިޒްނަސް ޑިވެލްޕްމެންޓް، އޮންގ ސޯ ލިއޮން އަދި ޕީ.އެސް.އޭ އިންޓަރނޭޝަނަލްގެ ނައިބު ރައީސް (ކޮންޓައިނާ ޑިވިޜަން) ވިލިއަމް ގޮހ ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.

ޓުއަސް ޕޯޓުން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް އެތަނުގައި ތަރައްޤީއަށް ކުރެވިފައި ހުރި ކަންކަން ދައްކަވައިލައްވާފައެވެ. ހަމަ އެހެންމެ، އެތަނުގައި މަސައްކަތްތައް ކުރިށްދާ ގޮތް އެބޭފުޅުން ވަނީ ޙިއްސާކުރައްވާފައެވެ. މީގެ އިތުރުން، އެ ޕޯޓު ބައްލަވާލައްވައި، ޕޯޓު ކޮންޓުރޯލް ސެންޓަރުގައި އޮޓޮމެޓިކް ކާގޯގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ވަނީ ބައްލަވާލައްވާފައެވެ.

ޓުއަސް ޕޯޓުގެ މަސައްކަތްތައް 2040 ވަނަ އަހަރުގެ ނިޔަލަށް ނިމުމާއެކު ދުނިޔޭގެ އެންމެ ބޮޑު އޮޓޮމޭޓެޑް ބަނދަރަށް އެތަން ވެގެންދާނެއެވެ. މި ބަނދަރަކީ މުދާ އުފުލުމަށް ޑިޖިޓަލް ސޮލިއުޝަންތައް ބޭނުންކުރުމަށް މަސައްކަތްކުރާ ބަނދަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެޤައުމުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ދާއިރާތަކުން އެއްބަސްވުންތަކެއް އެކުލަވާލާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS