Ads by Stelco

ޚަބަރު

ރައީސް މުއިއްޒުގެ ޝުކުރު ސިންގަޕޫރުގެ އިސްވެރިންނަށް

ރައީސް މުއިއްޒުގެ ޝުކުރު ސިންގަޕޫރުގެ އިސްވެރިންނަށް

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖުލައި 2025، 07:18

02 ޖުލައި 2025، 07:18

ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ލިބިވަޑައިގަތް ހޫނު މެހެމާންދާރީއަށްޓަކައި، އެ ޤައުމުގެ ރައީސް ތާމަން ޝަންމުގަރަތްނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޯންގ އާއި ސިންގަޕޫރު ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ޝުކުރު ދަންނަވައިފިއެވެ.

ރައީސް މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ދަތުރުފުޅުގައި ކުރެވުނު މުހިންމު މަޝްވަރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވުނު މަސައްކަތްތައް ހާމަވެގެން ދިޔަ ކަމަށެވެ.

މި ދަތުރުފުޅުގައި ތިމާވެށި އަދި ދެމެހެއްޓެނިވި ތަރައްޤީ އާއި މަތީ ތަޢުލީމާއި ފަންނީ އަދި ވޮކޭޝަނަލް ތަމްރީނު އަދި ސިންގަޕޫރު ކޯޕަރޭޝަން އެންޓަރޕްރައިޒްއާއެކު އެއްބާރުލުމުގެ އެމްއޯޔޫތަކެއްގައި ސޮއިކުރެވުނެވެ. މީގެ އިތުރުން ތަރައްޤީއަށް ބޭނުންވާ ޤާބިލުކަން އިތުރުކުރުމަށް ސްޓަޑީ ވިޒިޓްތައް ހިމެނޭ ޕްރޮގްރާމްތަކެއްގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރެވިފައެވެ.

މީގެ އިތުރުން ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގިނަ ފުރުސަތުތަކެއް ފާހަގަކުރެވުނު ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ މި ދަނޑިވަޅުގައި، މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމުގައި އައު ބާބެއް ފެށިގެންދިޔަ ދަތުރުފުޅެއް ކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS