ކުޅިވަރު

ވީއޭއެމްކަޕް: ހުރާ ބަލިކޮށް ދަނޑިމަގުން ތިންވަނަ ހޯދައިފި

ވީއޭއެމްކަޕް: ހުރާ ބަލިކޮށް ދަނޑިމަގުން ތިންވަނަ ހޯދައިފި

ވީއޭއެމް ކަޕް 2025 ގެ ތިންވަނަ ހޮވި މެޗު، ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ޖުލައި 2025، 06:33

03 ޖުލައި 2025، 06:33

ވީއޭއެމް ކަޕް 2025ގެ ތިންވަނަ މަޤާމު ފުވައްމުލަކަށް ނިސްބަތްވާ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ. އެ ކްލަބުން މި މަޤާމު ހޯދީ އިއްޔެ ހަވީރު ކުޅުނު ތިންވަނަ ހޮވާ މެޗުގައި ސީދާ ތިން ސެޓުން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ދަނޑިމަގުން ގެންދިޔައީ 24-20 ޕޮއިންޓުންނެވެ. އަދި ދެވަނަ ސެޓު 25-10 ޕޮއިންޓުން ކާމިޔާބުކުރިއިރު ތިންވަނަ ސެޓު ކާމިޔާބުކުރީ 24-17 ޕޮއިންޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ހުރާ ޓީމަށް ރަގަޅު ކުޅުމެއް ދެއްކުނު ނަމަވެސް ދެވަނަ ސެޓާ ހިސާބުން އެ ޓީމަށް ރަގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަތީޖާއަކަށްވީ އެ ޓީމަށް މެޗު ގެއްލުމެވެ. 

މި މުބާރާތުގެ ސެމީފައިނަލް މެޗުގައި ދަނޑިމަގުން ބައްދަލުކުރީ މުބާރާތް އެންމެ ފަހުން ކާމިޔާބުކުރި އެޗްޑީސީއާއެވެ. އެ މެޗުން އެޗްޑީސީ ކުރިހޯދީ 3-1 ސެޓުންނެވެ.

އަދި ސެމީގައި ހުރާއިން ބައްދަލުކުރީ ދިވެހި ސިފައިންގެ ކްލަބާއެވެ. އެ މެޗުން ވެސް ހުރާ ބަލިވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS