ކިހިނެއް
ބިންވެރިޔާ ސްކީމުގެ ދަށުން ލިބުނު ގޯތީގެ އައު ރަޖިސްޓްރީއާ ހަވާލުވާން އެޕޮއިންޓްމަންޓަށް އެދޭނީ ކިހިނެއް؟

ހިޔާވެހި ޕޯޓަލް
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންއަށް ގެނެވުނު ބަދަލަކާއި ގުޅިގެން، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އައު ބަންޑާރަ ގޯތީގެ ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރުމަށްޓަކައި އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެޕޮއިންޓްމަންޓަށް އެދޭ ޕޯޓަލްއަށް ކިއަނީ ކޮންނަމެއް؟
އައު "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރުމަށް އެޕޮއިންޓަމަންޓަށް އެދެން ޖެހެނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ.މިގޮތުން، ކޮންމެ ގަޑިއަކަށްވެސް އެޕޮއިންޓްމަންޓްއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެޕޮއިންޓްމަންޓަށް އެދުމުގެ ކުރިން ހަމަކުރަން ޖެހޭ ލިއެކިއުންތަކަކީ ކޮބާ؟
އެޕޮއިންޓަމަންޓަށް އެދޭއިރު ބޭނުންވާ ހުރިހާ ލިއެކިއުމެއް ހުންނަންވާނީ ސްކޭން ކުރެވިފައި އަޕްލޯޑް ކުރަން ފަސޭހަ ޕީޑީއެފް ފަދަ ފޯމެއްޓެއްގައެވެ.
- ކުރިން ދޫކޮށްފައިވާ އެގްރީމެންޓް ކޮޕީ
- ކުރިން ދޫކޮށްފައިވާ ރަޖިސްޓަރީ ކޮޕީ
- ހެކިވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ
- ބިން ލިބުނު ފަރާތުގެ އައިޑީ ކާޑު ކޮޕީ
އެޕޮއިންޓްމަންޓަށް އެދޭނީ ކިހިނެއް ؟
- އެންމެ ފުރަތަމަ "ހިޔާވެހި ޕޯޓަލް" ގެ ލިންކް : https://hiyaavehi.housing.gov.mv/ މެދުވެރިކޮށް ވެބްސައިޓް ހުޅުވުމަށްފަހު ލޮގިން ކުރައްވާށެވެ.

ހިޔާވެހި ޕޯޓަލް
- އެއަށްފަހު "އީފާސް އެކައުންޓުން ލޮކިންކުރައްވާ" ށެވެ.

އީފާސް އެކައުންޓަށް ލޮގިން ކުރެއްވުމަށް
- ލޮގިން ވުމާއި އެކު ޕޯޓަލްގެ މަތީގައިވާ މެނިއު އިން ފެންނަ "އެޕޮއިންޓްމަންޓް" ހެދުމަށް ޚާއްސަކުރެވިފައިވާ ލިންކަށް ދުރުވުމުން އެޕޮއިންޓްމަންޓް ހެދުމަށް ފުރަންޖެހޭ ފޯމަށް ދެވޭނެ ލިންކް ފެންނާނެއެވެ.

އެޕޮއިންޓްމަންޓް ހެދުމަށް މިލިންކް ހިޔާރު ކުރައްވާ
- ލިންކަށް ދުރުވުމުން އެޕޮއިންޓްމަންޓް ރިކުއެސްޓް ކުރާ ފޯމުގެ ތަފްސީލް ފުރިހަމަ ކުރުއްވުމަށް ޕޭޖް ގެ ތިރީގައިވާ ފޯމުގެ ތަފްސީލް ލިއެފައިވާ ތަނުގެ ތިރީގައިވާ " ބާވަތް" ނަންގަވާށެވެ.

އެޕޮއިންޓަމަންޓް ހެއްދެވުމަށް
- އެއަށްފަހު "ކުރިއަށް" ވަޑައިގެންނެވުމުން "ފޯމްނަންބަރު" އަދި "ފޯނު ނަންބަރު " ޖެއްސެވުމަށްފަހު ކުރިއަށް ވަޑައިންގެންނެވޭނެއެވެ. އެއަށްފަހު ކުރިން ދޫކޮށްފައިވާ ރަޖިސްޓަރީ އަދި އެގްރީމެންޓްގެ ތަފްސީލު އަދި ހެކިވާ ފަރާތުގެ ތަފްސީލް ފުރިހަމަ ކުރައްވާށެވެ.
- އެއަށްފަހު ހުރިހާ ލިއެކިއުންތައް އަޕްލޯޑް ކުރައްވާށެވެ.
- އަދި ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސަވަން ބޭނުންފުޅުވެލައްވާނަމަ ވެބްސައިޓްގައި ދެވިފައިވާ "ޕަވަރ އޮފް އެޓާރނީ" ގެ ނަމޫނާ ފުރިހަމަ ކުރައްވާށެވެ.
- އަދި އެޕޮއިންޓްމަންޓް ލިބެން ހުރި ގަޑި އަދި ދުވަސް ރަނގަޅަށް ބެއްލެވުމަށްފަހު ބޭނުންފުޅުވެ ލައްވާ ދުވަހަކާއި ގަޑިއެއް ނަންގަވާ ފޯމް ސަބްމިޓް ކުރައްވާށެވެ.
- އެޕޮއިންޓްމަންޓް ހަމަޖެހުމުން ފޯނަށް މެސެޖެއް ލިބިވަޑައިގަންނަވާނެއެވެ.
ސަމާލުވާންޖެހޭ ކަންކަން
* އެޕޮއިންޓްމެންޓް އެޕްރޫވް ކުރުމުން، އެޕޮއިންޓްމެންޓް ހަމަޖެހިފައިވާ ގަޑިއަށް ކުރީގެ ހައުސިންގ މިނިސްޓަރީ (އިއްޒުއްދީން މަގު) އަށް ވަޑައިގަންނަވާ، އަދި ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގަތުމަށް ސަމާލުވެލައްވާށެވެ.
* ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވެވޭނެ ކަމުގައިވާނަމަ، 24 ގަޑިއިރު ފަހުން އަލުން އައު ގަޑިއަކަށް އެޕޮންޓްމެންޓް ހެދޭނެ
* އެޕޮއިންމެންޓް ރިކުއެސްޓަށް އެދެވެނީ ބޭނުންވާ ތާރީޙްގެ 4 ދުވަސް ކުރީން
އިތުރުއެހީއަށް ގުޅާނީ ކޮން ނަންބަރަކަށް؟
އެޕޮއިންޓްމެންޓް ރިކުއެސްޓަށް އެދޭއިރު، އިތުރު އެހީތެރިކަން ބޭނުންވާނަމަ ރަސްމީގަޑީގައި ގުޅުއްވާނީ : މިނިސްޓްރީގެ ނަންބަރު 4004919 އަށެވެ.