Ads by Stelco

ޚަބަރު

މާރާމާރީއެއްގައި ކުރީގެ ފުލުހަކަށް އަނިޔާވެއްޖެ

މާރާމާރީއެއްގައި ކުރީގެ ފުލުހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ މަތިން ނަގާފައިވާ މަންޒަރެއް

farudhun logo

ފަރުދުން

09 ޖުލައި 2025، 05:17

09 ޖުލައި 2025، 05:17

ރޭ ހިންގި މާރާމާރީއެއްްގައި ކުރީގެ ފުލުހަކަށް އަނިޔާވެއްޖެ ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުން ރިޕޯޓްކޮށްފިއެވެ. 

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫގައެވެެ.  ފުލުހުން ބުނީ މި މަައްސަލަ އެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. 

 މި މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދިނެވެ. އަދި އެމީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަން ފާހަގަކޮށްފައި ވެއެވެ. 

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS