ވިޔަފާރި / ޚަބަރު

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް 60 އިންސައްތައިން ކުރިއަރައިފި

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް 60 އިންސައްތައިން ކުރިއަރައިފި

މާލީ ވަޒީރު މޫސާ ޒަމީރު

farudhun logo

ފަރުދުން

10 ޖުލައި 2025، 10:34

10 ޖުލައި 2025، 10:34

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)އަށް 60 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖޫން 26 ވަނަ ދުވަހުގެ ނިޔަލަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް 60 އިންސައްތަ އިތުރުވެފައިވެ ވެއެވެ. އެއާއެކު، މިހާރު އެސްޑީއެފްގެ އަދަދުތައް ވަނީ އެއް ބިލިއަން ރުފިޔާ، (ގާތްގަނޑަކަށް 65 މިލިއަން ޑޮލަރު) އަށް ވުރެ މައްޗަށް އަރާފައެވެ.

މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރެކޯޑްކުރެވުނު 629.9 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު) އާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ދެކެނީ މި ކުރިއެރުމަކީ ރާއްޖެއިން ބޭރުގެ ދަރަނި ބެލެހެއްޓުމުގެ ގާބިލްކަން ވަރުގަދަވުމުގެ ނިޝާނެއްގެ ގޮތުގަ އެވެ. ޑޮލަރު ޖަމާވާވަރު  އިތުރުވުމުން ރާއްޖޭގެ ދަރަނި ދެއްކުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

 ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަކީ ދިވެހި ސަރުކާރުން ދޫކުރާ ސަނީ ސައިޑް ބޮންޑަކަށް ދަރަނި ދެއްކުމަށް އެހީތެރިވުމުގެ ގޮތުން 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް އެ ފަންޑަށް 150 މިލިއަނަށްވުރެ ގިނަ ޑޮލަރު ޖަމާވެފައިވެ އެވެ. ނަމަވެސް ކޮވިޑް-19ގެ ދަތިކަމުގެ ތެރޭގައި އޭރުގެ ވެރިކަމުގައި މި ޑޮލަރުގެ ރިޒާވްތައް ރުފިޔާއަށް ބަދަލުކުރި ކަމަށް އައިއެމްއެފްގެ 2021 ވަނަ އަހަރުގެ ރިޕޯޓެއްގައިވެ އެވެ.

ފިޗް އަދި މޫޑީސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުން ވަނީ އެމެރިކާ ޑޮލަރު އެ ފަންޑަށް އަލުން ޖަމާކުރަން  ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS