ދުނިޔެ

ރަޝިޔާއިން ޔޫކްރެއިން އަށް ވަަަރުގަދަ ޑުރޯން ޙަމަލާއެއް، 16 މީހުން ޒަޚަމުވެފައި

ރަޝިޔާއިން ޔޫކްރެއިން އަށް ވަަަރުގަދަ ޑުރޯން ޙަމަލާއެއް، 16 މީހުން ޒަޚަމުވެފައި

ރޭގެ ޙަމަލާގައި ގެއްލުންވި ޢާންމުން ދިރިއުޅޭ ޢިމާރާތް

farudhun logo

ފަރުދުން

10 ޖުލައި 2025، 01:41

10 ޖުލައި 2025، 01:41

ރޭގެ ވަޤުތެއްގައި ރަޝިޔާއިން ޔޫކްރެއިނުގެ ވެރިރަށް ކިޔެވް އަށް ދިން ޑުރޯން ޙަމަލާއެއްގައި 2 މީހަކު މަރުވެ، 16 މީހަކަށް އަނިޔާ ވެފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލިޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިޙަމަލާގައި ހިމެނުނީ ރަޝިޔާގެ 16 މިސައިލާއި 400 ޑުރޯން ކަމަށް ވެސް ޒެލެންސްކީ ވަނީ ހާމަކުރައްވާފައެވެ. ޔޫކްރެއިނުގެ ދާޚިލީ ވަޒީރު އިހޯރް ކްލިމެންކޯ ވިދާޅުވެފައިވާ ގޮތުގައި، މަރުވި 2 މީހުންނަކީ 68 އަހަރުގެ އަންހެނަކާއި، 22 އަހަރުގެ ޒުވާން ފުލުސް އޮފިސަރެކެވެ.

ޔޫކްރެއިނުގެ އޮފިށަލުން ވިދާޅުވާ ގޮތުގައި، ޑުރޯނު ޙަމަލާގެ ސަބަބުން ޝެވްޗެންވިވްސްކީ ސަރަޙައްދުގައި ހުރި ޢާންމުން ދިރިއުޅޭ ޢިމާރާތެއްގެ ފުރާޅަށް ގެއްލުންވެ، މުޅި ރަށު ތެރޭގައި އަލިފާނުގެ ހުޅުތައް ވަނީ ހަލުވިކަމާ އެކު ފެތުރިފައެވެ. ރޭގައި ދިން މި ޑްރޯން ޙަމަލާގައި ކިޔެވް ގެ 8 ސަރަޙައްދަކަށް ގެއްލުން ވެފައިވާއިރު، ވަޤުތުން ވަޤުތަށް ޔޫކްރެއިންގެ ދިފާޢީ ބާރުން ވަނީ ދިފާޢީ ފިޔަވަޅުތައް އަޅާފައެވެ. ރަޝިޔާގެ ފުށުން މިކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް މިހާ ތަނަށް އަދި ހާމަ ކޮށްފައެއް ނެތެވެ.

މިދިޔަ އަންގާރަދުވަހުގެ ރޭ ވެސް ރަޝިޔާއިން ވަނީ ޔޫކްރެއިނަށް މިފަދަ ޙަމަލާއެއް ދީފައެވެ. އަންގާރަ ދުވަހުގެ ރޭ ދިން އެޙަމަލާގައި 728 ޑުރޯނާއި 13 މިސައިލް ރަޝިޔާއިން ވަނީ ބޭނުން ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS