Ads by Stelco

ޚަބަރު

ޖުލައި 13 އިން ފެށިގެން 4 ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރުމަށް ހުއްދަ ނަގަން ޖެހޭ

ޖުލައި 13 އިން ފެށިގެން 4 ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރުމަށް ހުއްދަ ނަގަން ޖެހޭ

ޖުލައި 13 އިން ފެށިގެން 4 ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރުމަށް ހުއްދަ ނަގަން ޖެހޭގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބަދަލު ގެނެސްފައި ވެއެވެ.

farudhun logo

ފަރުދުން

10 ޖުލައި 2025، 01:53

10 ޖުލައި 2025، 01:53

ރާއްޖެއަށް 4 ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމުގައި އާ އުސޫލެއް ޓްރާންސްޕޯޓް މިނިސްޓްރީ އިން ނެރެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން މިއަދު ބުނީ މި އުސޫލުގެ ދަށުން، އަންނަ އާދީއްތަ ދުވަހުން ފެށިގެން، ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އިންޖީނުލީ އެއްގަމު އުޅަނދެއް ރާއްޖެއަށް އެތެރެކުރެވޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ހުއްދަ ހޯދުމަށް ފަހުގައި ކަމަށެވެ. 

     މި ބަދަލު ގެނެސްފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދަށް ގެނެވުނު 6 ވަނަ އިސްލާޙުގެ ދަށުންނެވެ. މި ޤަވާއިދުގެ މައިގަނޑު މަޤްޞަދަކީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކަންކަން ހަރުދަނާކޮށް، ޤަވާއިދެއްގެ ދަށުން ހިންގުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ. 

މިފަދަ އުޅަނދުތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭނެ ގޮތްތައް ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސާފަ އެވެ. ހުއްދައަށް އެދި ހުށަހަޅާނީ މިނިސްޓްރީގެ ޕޯޓަލް، eportal.mta.gov.mv މެދުވެރިކޮށެވެ. މީގެ އިތުރުން، މި ޚިދުމަތަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

     މި އައު ޤަވާއިދުގެ ދަށުން،  ޖުލައި 13 ވަނަ ދުވަހުގެ ފަހުން ރާއްޖެއަށް އެތެރެކުރާ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، އެ އުޅަނދު ރާއްޖެއަށް އެތެރެކުރުމަށް ނަގާފައިވާ ހުއްދަ ހުށަހަޅަންޖެހޭނެ އެވެ. ވީމާ، ޢާންމު ރައްޔިތުންނާއި، އުޅަނދު އެތެރެކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށް މިހާރުން ފެށިގެން ތައްޔާރުވުމަށް އެމިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS