Ads by Stelco

ޚަބަރު

ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ފެނިއްޖެ

ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ފެނިއްޖެ

ޒަކަރިއްޔާ މުޙައްމަދު ދަތުރުކުރަމުންގެންދިޔަ ޑިންގީ

farudhun logo

ފަރުދުން

12 ޖުލައި 2025، 11:18

12 ޖުލައި 2025، 11:18

ޑިންގީއެއްގައި ގދ. ގައްދޫއިން އެ އަތޮޅު ގަމަށް ދަތުރުކުރި އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު  ދަތުރުކުރަމުންދިޔަ ޑިންގީ ފެނިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. 

މިއަދު އެކްސްގައި ކުރި ޓްވީޓެއްގައި އެމްއެންޑީއެފްއިން ބުނީ ޒަކަރިއްޔާ ދަތުރުކުރަމުންގެންދިޔަ "ބޮންތި" ނަމަކަށް ކިޔާ ޑިންގީ، އޭނާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ފެނިފައިވާ ކަމަށެވެ.   ގދ. ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރ އަޑިން މި ޑިންގީ ފެނުނު ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދިނެވެ.  މި ޑައިވް ކޮށްފައިވަނީ ސިފައިންނާއި ފުލުހުން ގުޅިގެންކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފްއިން ހިއްސާކޮށްފައި ނުވެއެވެ. 

މި އޮޕަރޭޝަންގައި ހަރަކާތްތެރި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނެވެ.

އަދި މި އޮޕަރޭޝަންގައި ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، ގައްދޫ ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ހާމަކޮށްފައިވެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ ހެނދުނު 9:30 ހާއިރު ގައްދޫއިން އެކަނި ފުރި މީހާ ފުރާފައިވަނީ އެ އަތޮޅު ގަމަށް ދިއުމަށެވެ.  އަދި ގަމަށް ދިއުމަށްފަހު ހެނދުނު 11:15 ހާއިރު އެ ރަށުން ފުރާފައިވާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އޭނާ ގެއްލިފައި ވަނީ އޭގެ ފަހުންނެވެ.

ޒަކަރިއްޔާ މުޙައްމަދު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އަދި ދަތުރުކުރަމުން ދިޔަ ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ހާމަކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS