Ads by Stelco

ޚަބަރު

ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސް

ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސް

ޤައުމީ ކުތުބުހާނާ

ރާޔާ ރިޟާ

ރާޔާ ރިޟާ

12 ޖުލައި 2025، 01:40

12 ޖުލައި 2025، 01:40

ލައިބްރެރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު  ވިދާޅުވެއްޖެއެވެ. 

ރައީސް  މިގޮތަށް ވިދާޅުވީ މިއަދު ޤަައުމީ ކުތުބުޚާނާއަށް 80 އަހަރު ފުރުމުގެ  މުނާސަަބާއާއި ގުޅުވައިގެން އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ. 

އެކްސްގައި މި މުނާސަބާއާއި ގުޅުވައިގެން ދިވެހި ރައްޔިތުންނަށް ތަހުނިޔާ އަދާކުރައްވަމުން ރައީސް ވަނީ ލައިބްރެރީގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްގެ ގޮތުގައި ރައީސް ސިފަކުރައްވާފައި ވެއެވެ. އަދި ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި ބުރަކޮށް އުޅޭ ހުރިހާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައި ވެއެވެ. 

ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާ އެންމެ ފުރަތަމަ ހުޅުވާފައިވަނީ 12 ޖުލައި 1945 ގައި ދައުލަތުގެ ކުތުބުޚާނާ ގެ ނަމުގައެވެ. 1948 ވަނަ އަހަރު އަމީރު އަބްދުލް މަޖީދު ދީދީ ('އަބްދުލް މަޖީދު ރަންނަބަންޑޭރި ކިލެގޭފާނު) ގެ ހަނދާނުގައި، މަޖީދީ ލައިބްރަރީ (މަޖީދީ ކުތުބުޚާނާ) އަށް ލައިބްރެރީގެ ނަން ބަދަލުކުރެވިފައި ވެއެވެ.  އެއަށްފަހު، 1 ޖޫން 1982 ގައި  ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވަނީ ލައިބްރެރީގެ ނަން (ޤައުމީ ކުތުބުހާނާ) ގެ ނަމަށް ބަދަލުކުރައްވާފައެވެ. 

މިހާރު ސަރުކާރުން ދަނީ  ޤައުމީ ކުތުބުޚާނާއިން މިވަގުުތު ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ފުޅާކޮށް ޒަމާނީ ލައިބްރެރީއަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިއަަހަރު ތެރޭގައި މިކަމަށް ހާއްސަ މަޝްރޫޢުއެއް ފަށާނެ ކަމަށް ޔޫތް މިނިސްޓަރ އިބްރާހީމް ވަހީދު ވިދާޅުވެފައި ވެއެވެ.  އެގޮތުން ’އައިކޯނިކް ބިލްޑިން‘ އަކަށް ނޭޝަނަލް ލައިބްރެރީ މި ސަރުކާރުން ބަދަލުކުރާނެ ކަމަށް މިނިސްޓަރ މިދިޔަ އަހަރުގެ ފަހުކޮޅު ވިދާޅުވެފައިވެ އެވެ. ސޯޝަލް ކައުންސިލުން މިކަމާއި ގުޅުންހުރި ކަރުދާސް ފާސްކުރުމުން އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS