Ads by Stelco

ޚަބަރު

ފީނަން އެރި އުޅުނު ފަތުރުވެރިއެއް މަރުވެއްޖެ

ފީނަން އެރި އުޅުނު ފަތުރުވެރިއެއް މަރުވެއްޖެ

އދ. އަތޮޅު

farudhun logo

ފަރުދުން

12 ޖުލައި 2025، 02:07

12 ޖުލައި 2025، 02:07

ފީނަން އެރި އުޅުނު ފަތުރުވެރިއެއް މަރުވެއްޖެ  ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެެސެޖެއްގައި ވަނީ މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހަފްތާގެ 6  ވަނަ ދުވަހުގައިކަން ހާމަކޮށްފައެވެ. 

ފުލުހުން ބުނީ  މި ހާދިސާގައި މަރުވެފައިވަނީ އދ. ގައި ހިންގާ ރިޒޯޓެއްގެ ފުއްޓަރުފަރާތު ބޭރަށް ފީނަން އެރި އުޅުނު ފަތުރުވެރިއެއް ކަމަށެވެ. މި މީހާ މަރުވުމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެ ދުވަހުގެ 12:28 ހާއިރުއެވެ. 

ނިޔާވެފައިވަނީ އެމެރިކާއަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށް ފުލުހުން މަޢުލޫމާތުދީފައި ވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ. 

ފުލުހުން މިފަދަ ހާދިސާއެއް ރިޕޯޓްކޮށްފައިވާއިރު ކަމާއި ބެހޭ އިދާރާތަކުން ދަނީ މި ދުވަސްވަރު މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ދިމާވެދާނެ ހިތާމަވެެރި ހާދިސާތަކުން ދުރުހެލިވުމުގެ ގޮތުން މޫދު ކުޅިވަރުތައް ނުކުޅުމަށް އިލްތިމާސް ކުރަމުންނެވެ. އަދި މި ދުވަސްވަރު ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ވެސް އިލްތިމާސްކުރަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS