Ads by Stelco

ޚަބަރު

ސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ސިވިލް ސޮސައިޓީ އެވޯޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ދޭ އެވޯޑެކެވެ.

ރާޔާ ރިޟާ

ރާޔާ ރިޟާ

13 ޖުލައި 2025، 10:09

13 ޖުލައި 2025، 10:09

ސިވިލް ސޮސައިޓީ އެވޯޑު 2025އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ ސިވިލް ސޮސައިޓީ އެވޯޑަކީ ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާ/ޖަމާއަތްތަކުން ރާއްޖޭގެ މުޖްތަމަޢު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ޖަމްޢިއްޔާތަކުގެ އަގުވަޒަން ކުރުމުގެގޮތުން ދިނުމަށް ކަނޑައަޅާފައިވާ އެވޯޑެއް ކަމަށެވެ. 

މި އެވޯޑަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ޖަމްޢިއްޔާތަކުން، 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ޔޫތު މިނިސްޓްރީގެ ކައުންޓަރަށް (ސޯޝަލް ސެންޓަރ) އެޕްލިކޭޝަން ފޯމް ނުވަތަ އެ މިނިސްޓްރީގެ އީމެއިލްއަށް [email protected] މެއިލްކޮށްގެން ހުށަހެޅޭނެއެވެ.

މަދަނީ ޖަމްޢިއްޔާތަކުގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

މިއިނާމަށް ޖުމްލަ 9 ދާއިރާއަކުން ކުރިމަތިލާން ވަނީ ހުލުވާލާފައެވެ. އެއީ

- އެމްޕަވާމަންޓް އޮފް ވޮމެން، ޗިލްޑްރަން، އެންޑް ޔޫތު

- ސަޕޯޓް ފޯ ޕީޕަލް ވިތު ޑިސްއެބިލިޓީސް

- އެޑިއުކޭޝަން އެންޑް ލައިފްލޯންގް ލާނިންގް

- އިކޮނޮމިކް އެމްޕަވާމަންޓް އެންޑް ޕްރޮޑަކްޓިވިޓީ

- ޑްރަގް ޕްރެވެންޝަން އެންޑް ކޮމިއުނިޓީ ސޭފްޓީ

- ޕްރިޒާވޭޝަން އޮފް ކަލްޗާ، ލޭންގްވޭޖް އެންޑް ހެރިޓޭޖް

- ޕްރޮމޯޝަން އޮފް އާރޓްސް، ކްރިއޭޓިވިޓީ، އެންޑް އައިސީޓީ

- އެންވާރަމަންޓަލް ޕްރޮޓެކްޝަން އެންޑް ކްލައިމެޓް އެކްޝަން

- ހެލްތު އެންޑް ވެލްބިއިން ޕްރޮމޯޝަން

މި އިނާމަކީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްޢިއްޔާއެއް ނިސްބަތްވާ މުޖްތަމަޢުގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްޢިއްޔާތަކަށް ދެވޭ އިނާމެކެވެ.

މި އިނާމުގެ ސަބަބުން ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތައް ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެކަމަށް ޔޫތު މިނިސްޓްރީން ބުނެފައި ވެއެވެ.

މަދަނީ ޖަމްޢިއްޔާތަކުގެ އިނާމް ލިބޭ ފަރާތްތަކަށް، ޖަމްޢިއްޔާތަކަށް ދެވޭ ޚާއްސަ އެވޯޑާއި، ސެޓްފިކެޓް ވެސް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ޔޫތް މިނިސްޓްރީން ބުންޏެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS