ޚަބަރު
އެމްއެމްއޭއާއި ވިލާ ކޮލެޖް ގުޅިގެން ތަމްރީން ހިންގަން އެއްބަސްވެއްޖެ

އެމްއެމްއޭގެ ގަވަރނަރު އަޙުމަދު މުނައްވަރާއި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު މުނައްވަރު

ފަރުދުން
13 ޖުލައި 2025، 06:13
13 ޖުލައި 2025، 06:13
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ވިލާ ކޮލެޖް ގުޅިގެން ތަމްރީންތައް ހިންގަން އެއްބަސްވެއްޖެއެވެ.
މިއަދު އެމްއެމްއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ގަވަރނަރު އަޙުމަދު މުނައްވަރެވެ. އަދި ވިލާ ކޮލެޖްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެ ކޮލެޖްގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރެވެ.
އެމްއެމްއޭ އިން ބުނީ މި އެއްބަސްވުމުގެ ދަށުން އެމްއެމްއޭއާއި ވިލާ ކޮލެޖުން އިޤްތިޞާދީ އަދި މާލީ ދާއިރާއިން ތަމްރީނާއި ދިރާސާތައް ހިންގުމުގައި އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްއެމްއޭއިން ބުނީ މި އެއްބަސްވުމުގެ ޒަރީޔާއިން ތަމްރީން ލިބޭ ފަރާތްތަކުން މަތީގައިވާ ދާއިރާތަކުން މަސައްކަތަށް އިތުރަށް ހުނަރު ތަރައްޤީކުރެވޭނެ ކަމަށެވެ. އަދި ދެ ފަރާތުގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުރިހަމަ ދިރާސާތައް ހެދޭނެ ކަމަށް އެމްއެމްއޭ އިން ބުނެފައި ވެއެވެ.