ވިޔަފާރި / ޚަބަރު

މިފްކޯއިން 26 ދޯންޏަކަށް 1 މިލިއަނެއްހާ ރުފިޔާ ދޫކޮށްފި

މިފްކޯއިން 26 ދޯންޏަކަށް 1 މިލިއަނެއްހާ ރުފިޔާ ދޫކޮށްފި

މަސްވެރި އުޅަނދެއް---ފޮޓޯ: އޭދަފުށި ވޮއިސް

ރާޔާ ރިޟާ

ރާޔާ ރިޟާ

14 ޖުލައި 2025، 11:03

14 ޖުލައި 2025، 11:03

މިފްކޯއިން 26 ދޯންޏަކަށް 1 މިލިއަނެއްހާ ރުފިޔާ ދޫކޮށްފިއެވެ. 

އެ ކުންފުނިން މިއަދު ޢާންމުކުރި ތަފާސްހިސާބުގައިވާ ގޮތުގައި މިފްކޯއިން ވަނީ މިއަދުގެ ތާރީޚުގައި މަސްވެރިންނަށް ޖުމްލަ 1،026،317 ރުފިޔާ ދޫކޮށްފައެވެ. މި ފައިސާ ދޫކޮށްފައިވަނީ 26 ދޯންޏަކަށެވެ. 

މިއަދުގެ ތާރީޚުގައި މި އަދަދު ދޫކޮށްފައިވާއިރު މީގެ ދެ ދުވަސް ކުރިން މިފްކޯއިން ވަނީ 49 ދޯންޏަކަށް 2،732،430 ރުފިޔާ ދޫކޮށްފައެވެ. 

މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން މަސްވެރިން ބާނާ މަސް ކިރުމުގެ 48 ގަޑިިއިރުތެރޭ މަސްވެރިންނަށް ފައިސާ ދިނުމަކީ ރައީސް ޑރ. މުޙައްމަދު  މުޢިއްޒުގެ ވައުދުފުޅެކެވެ. 

މަސްވެރިންނަށް ލުއިފަސޭހަ ގޮތްތައް ތަޢާރަފްކުރުމަށް ސަރުކާރުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އޭގެ ތެރޭގައި މަސްވެރިންނަށް ޙާއްސަ ލޯން ސްކީމް ތަޢާރަފްކުރުމާއި ރާއްޖޭގެ މަސްވެރިކަން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.  

މި ލިޔުން ކިޔާލުމުން

Ads by MSS