ދުނިޔެ

ލަންޑަންގެ ސައުތްލޭންޑް އެއާޕޯޓުގައި މަތިންދާބޯޓެއް ގޮވައިފި

ލަންޑަންގެ ސައުތްލޭންޑް އެއާޕޯޓުގައި މަތިންދާބޯޓެއް ގޮވައިފި

ލަންޑަންގެ ސައުތްލޭންޑް އެއާޕޯޓުގައި މަތިންދާބޯޓެއް ގޮވުން/ފޮޓޯ: ޖީބީ ނިއުސް

14 ޖުލައި 2025، 01:08

ހުލާސާ


ލަންޑަންގެ ސައުތްލޭންޑް އެއާޕޯޓުން ނައްޓާލިތާ އިރުކޮޅެއްގެ ތެރޭގައި ކުޑަ މަތިންދާބޯޓެއް ވެއްޓި ގޮވައިފިއެވެ.

މި މަތިންދާބޯޓު ވެއްޓި ގޮވާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ޢާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ބޯޓު ވެއްޓުމުން ބޮޑު އަލިފާން ބޯޅައަކާއި އެކު ބޮޑު ދުންގަނޑެއް އަރައިގެންދެއެވެ.

އާދިއްތަ ދުވަހުގެ ހަވީރު ގޮވާފައިވާ މި ބޯޓަކީ ބީޗް ބީ-200 ސުޕާ ކިންގް އެއާގެ މަތިންދާ ބޯޓެކެވެ. އަދި މި ބޯޓަކީ ލަންޑަންގެ ސައުތްލޭންޑް އެއާޕޯޓުން ފުރައިގެން ނިއުޒީލެންޑްގެ ލެލީސްޓަޑްއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ބޯޓެކެވެ. މި ހާދިސާގެ މަޢުލޫމާތު އެ ސަރަޙައްދުގެ ފުލުހުންނަށް ލިބިފައިވަނީ ހަވީރު 04:00 ހާއިރުކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، 12 މީޓަރުގެ މަތިންދާބޯޓެއް ގޮވިކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމާޖެންސީ ސާވިސްއާއެކު އެ ސަރަޙައްދުގައި މަސައްކަތް ކުރިކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، މި ބޯޓު ގޮވިއިރު އޭގައި ތިބީ ކިތައް ޕަސެންޖަރުން ކަމެއް އަދި ސާފެއް ނުވެއެވެ. އަދި ފުލުހުން ވަނީ އާންމުން އެ ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ. ހަމަ އެހެންމެ، އިރުމަތީ އިންގްލޭންޑްގެ އެމްބިއުލާންސް ސާވިސް އިން ބުނިގޮތުގައި މި ހާދިސާ ހިނގުމާ އެކު 4 އެމްބިއުލާންސްއާއި އެހީދޭ އިތުރު އުނޅަދުތައް އެ ސަރަހައްދަށް ވަނީ ފޮނުވައިފައެވެ.

މި ހާދިސާއާއި ގުޅިގެން ލަންޑަންގެ ސައުތްލޭންޑް އެއާޕޯޓުން ނައްޓާލުމަށް ހަމަޖެހިފައިވާ 4 ފްލައިޓް ވަނީ ކެންސަލްވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS