Ads by Stelco

ޚަބަރު

ޢާންމު ޙިދުމަތްދޭ ޔުނިޓްތައް ޤާއިމްކުރާ ރަށްތަކުގެ ލިސްޓް ނެރެފި

ޢާންމު ޙިދުމަތްދޭ ޔުނިޓްތައް ޤާއިމްކުރާ ރަށްތަކުގެ ލިސްޓް ނެރެފި

ސިޓީސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު

farudhun logo

ފަރުދުން

14 ޖުލައި 2025، 03:14

14 ޖުލައި 2025، 03:14

ޢާންމު ޙިދުމަތްދޭ ޔުނިޓްތައް ޤާއިމްކުރާ ރަށްތަކުގެ ލިސްޓެއް ސިޓީސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު، ޢާންމުކުރައްވައިިފިއެވެ. 

ސިޓީސް މިނިސްޓަރ އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވަނީ ޢާންމު ޙިދުމަތްދޭ ޔުނިޓްތައް 15 ރަށެއްގައި ޤާއިމް ކުރުމަށް ސަރުކާރުން ނިންމާފައިވާ  ކަމަށް ހާމަކުރައްވާފައެވެ. 

މިނިސްޓަރ ވިދާޅުވީ ރައްޔިތުންނާ ގާތުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ޙިދުމަތް ދޭނެ ޔުނިޓްތައް ޤާއިމު ކުރުމަަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، މިހާރު އެ ޙިދުމަތް ނުދެވޭ އަތޮޅުތަކުގައި އެ ޔުނިޓްތައް ޤާއިމު ކުރާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ސިޓީސް މިިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރަށްރަށުގެ މަގުތައް މަރާމާތުކުރުމާއި ވެލިމަގު ހެދުމާއި އަލަށް އާބާދުވާ ސަރަހައްދުތަކުގައި ހަދަންޖެހޭ މަގުތައް ހެދުމަށްޓަކައި ނަގަންޖެހޭ ރުއްގަސް ނެގުމާއި ޗަކަ ބިން ތަކަށް ވެލިއަޅައި، ބިންގަނޑު އެއްވަރުކުރުމާއި ކާނުތައް ސާފުކުރުންފަދަ ޢާންމު ޙިދުމަތްތައް މި ޔުނިޓްތަކުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ އިންތިޒާމް ހަމަޖެހިފައިނެތް އަތޮޅުތަކުގެ ތެރެއިން، މިހާތަނަށް އިޢުލާން ނުކުރެވޭ އަތޮޅުތަކުގައި ޢާންމު ޙިދުމަތްދޭ ޔުނިޓް ޤާއިމްކުރައްވާނެ ރަށްތައް ސަރުކާރުން ކަނޑައަޅުއްވާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ. 

އެ ރަށްރަށަކީ  ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ އަދި ގއ. ވިލިނގިލި އެވެ. 


މިނިސްޓްރީން ބުނީ އެ ރަަށްތައް ކަނޑައެޅުމުގައި މިންގަނޑެއް ކަމަށް ބަލާފައިވާނީ އަތޮޅުގެ އަތޮޅު ކައުންސިލް ހިންގާ ރަށްރަށް ކަމަށެވެ. އަދި އެ ޔުނިޓްތައް ޤާއިމު ކުރުމުގެ ގޮތުން ބޭނުންވާ މީހުންނާއި ވަސީލަތްތައް ހޯދުމުގެ  އިދާރީ މަސައްކަތް ސިޓީތަކާއި ބެހޭ ވުޒާރާއިން ކުރަމުންދާ ކަމަށްވެސް މައުލޫމާތުދީފައި ވެއެވެ.  

މި ލިޔުން ކިޔާލުމުން

Ads by MSS