Ads by Stelco

ޚަބަރު

މާލޭ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

އައިޖީއެމްއެޗް

farudhun logo

ފަރުދުން

14 ޖުލައި 2025، 04:15

14 ޖުލައި 2025، 04:15

މާލޭ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ އެވެ. 

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ މިއަދު ހެނދުނު 10:10 އެހާކަށްހާއިރު އިމަޖެންސީކޮށް އައިޖީއެމްއެޗް އަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ މީހެއް ހޮސްޕިޓަލްގައި ނިޔާވެފައިވާކަމުގެ މަޢުލޫމާތު އެއިދާރާއަށް ލިބިފައިވާ ކަމަށެވެ. 

ފުލުހުން ބުނީ ނިޔާވެފައިވަނީ މއ. ސައިނޯސަރް، މުޙައްމަދު ރަޝީދު (43އ) ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ގޭގެ ކޮޓަރީގެ ތެރޭގައި ވެއްޓިފައިއޮތްވާ ފެނިގެން ކަމަށް ފުލުހުން މަޢުލޫމާތުދީފައި ވެއެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފައި ވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS