ޚަބަރު
"ހާލު ކިހިނެއް؟" ދ. އަތޮޅަށް

ދ. ކުޑަހުވަދޫގައި ކުރިއަށްގެންދިޔަ "ޙާލު ކިހިނެއް" ޕްރޮގްރާމް

ފަރުދުން
14 ޖުލައި 2025، 04:15
14 ޖުލައި 2025، 04:15
ރައްޔިތުންގެ ގާތަށް ގޮސް ޙާލަތު ދެނެގަތުމަށް މި ސަރުކާރުން ފަށާފައިވާ "ޙާލު ކިހިނެއް؟" ދާލު އަތޮޅުގައި "ހާލު ކިހިނެއް؟" ޕްރޮގްރާމް ފަށައިފިއެެވެ.
ސޯޝަލް މިނިސްޓްރީން އެކްސްގައި ކުރި ޓްވީޓެއްގައި ވަނީ ދ. ކުޑަހުވަދޫގެ ގެތަކަށް ޒިޔާރަތްކުރި ކަމަށް ބުނެފައެވެ. މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕްކުރުމުގެ މަސައްކަތްތައް ކުރާނެ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.
މި ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޙިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ޙާލު ބަލައި، ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ޕްރޮގްރާމާ ގުޅިގެން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ބުނީ، އެކަކު އަނެކެއްގެ ޙާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރިވެތި ސިފަތައް ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމާއެކު، ސަރުކާރާއި ރައްޔިތުންނާއި ދެމެދު ގުޅުން ބަދަހިކޮށް އިތުބާރު އުފެއްދުމަކީ މި ޕްރޮގްރާމުން ޙާސިލުކުރަން ބޭނުންވާ ނަތީޖާއެކެވެ. އެހެންކަމުން މިފަދަ މުހިންމު ޕްރޮގްރާމެއް ކުރިއަށްގެންދިއުމުގައި، މުޖުތަމަޢުގެ އެހީތެރިކަމާ ފުރިހަމަ އެއްބާރުލުން ދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.