ޚަބަރު
ޢާންމުން ވަޒީރުންނާއި ސުވާލުކުރާ "އަހާ" ފޯރަމް މިރޭ

ހަތަރުވަަނަ ވަޒީރުންގެ އަހާ ފޯރަމްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ފަރުދުން
14 ޖުލައި 2025، 04:16
14 ޖުލައި 2025، 04:16
ސަރުކާރުގެ މަސައްކަތްތައް ރައްޔިތުިންނާއި ވީހާވެސް ގާތުން ޚިއްސާކުރުމަށް ބާއްވާ ވަޒީރުންގެ އަހާ ފޯރަމްގެ 6 ވަނަ ފޯރަމް މިރޭ ބާއްވާނެ ކަމަށް ރައީސް އޮފީހުން އިޢުލާންކޮށްފިއެވެ.
ރައްޔިތުންނަށް ސުވާލުކުރެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ މިފޯރަމް އޮންނާނީ މިރޭ 21:00 ގައެވެ.
ފަސްވަޒީރަކު ބައިވެރިވެވަޑައިގަންނަވާ މިފޯރަމް ދެ ގަޑިއިރަށް ކުރިއަށްދާނެއެވެ.
މިރޭގެ ފޯރަމްގައި 4 ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އަދި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަޙީދެވެ.
މި ފޯރަމްގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު ޢާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ވަޒީރުންނާ ސުވާލުކުރެވޭނެ ކަމަށްވެސް ޕީއެސްއެމްއިން ބުނެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.