ޚަބަރު
ޔޫކޭގެ މެގަޒިންއަކުން ހޮވާ ދެ އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެ

ފޮޓޯ: ވިޒިޓް މޯލްޑިވްސް

ފަރުދުން
14 ޖުލައި 2025، 05:06
14 ޖުލައި 2025، 05:06
ހުލާސާ
އިނގިރޭސިވިލާތުގެ ޓްރެވެލް މެގަޒިންއެއް ކަމުގައިވާ "ވޮންޑަރލަސްޓް ރީޑަރ" މެގަޒިންގެ ކިޔުންތެރިންގެ މެދުގައި ދަތުރުކުރުމަށް އެންމެ މަގްބޫލު ތަންތަން ހޮވާ "ރީޑާސް އެވޯޑް 2025" އަށް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ "ވޮންޑަރލަސްޓް ރީޑަރ" އަކީ އިނގިރޭސިވިލާތުގެ މަގްބޫލު މެގަޒިންއެއް ކަމަށެވެ. ވިޒިޓް މޯލްޑިވްސް އިން މިއަދު ޝާއިޢުކުރި ޚަބަރެއްގައިވާ ގޮތުގައި "ރީޑާސް އެވޯޑް 2025" ގެ ދެ ކެޓަގަރީއަކަށް ރާއްޖެ ވަނީ ނޮމިނޭޓްވެފައެވެ.
ރާއްޖެ ނޮމިނޭޓްވެފައިވަނީ:
* މޯސްޓް ޑިޒައިރަބަލް ކަންޓްރީ - ވޯލްޑްވައިޑް
* މޯސްޓް ޑިޒައިރަބަލް އައިލެންޑް - ވޯލްޑްވައިޑް
ވޮންޑަރލަސްޓް ރީޑަރ ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ ޓްރެވަލް އިންޑަސްޓްރީގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ އެވޯޑްތަކެއް ކަމަށާއި، އެ އެވޯޑްތައް ހޮވަނީ މުޅިންވެސް ޢާންމުންގެ ވޯޓުން ކަމަށް ވިޒިޓް މޯލްޑިވްސް އިން މަޢުލޫމާތުދީފައި ވެއެވެ.
2024 ވަނަ އަހަރު މޯސްޓް ޑިޒައިރަބަލް ކަންޓްރީ - ވޯލްޑްވައިޑް އެވޯޑް ޙާސިލުކޮށްފައިވަނީ އަވަށްޓެރި ސްރީ ލަންކާއެވެ.
މިއަހަރުގެ އެވޯޑްތަކަށް ވޯޓުލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 17 އޮކްޓޯބަރ 2025 ގެ ނިޔަލަށެވެ.