Ads by Stelco

ޚަބަރު

ހުޅުމާލޭގައި 4 ސްކްރީންގެ ސިނެމާއެއް ތަރައްޤީކުރަން ބޭރުގެ އިންވެސްޓަރުންނާއި މަޝްވަރާކޮށްފި

ހުޅުމާލޭގައި 4 ސްކްރީންގެ ސިނެމާއެއް ތަރައްޤީކުރަން ބޭރުގެ އިންވެސްޓަރުންނާއި މަޝްވަރާކޮށްފި

ރޭ ބޭއްވި ހަަ ވަނަ ފޯރަމް "އަހާ" ފޯރަމް

farudhun logo

ފަރުދުން

15 ޖުލައި 2025، 10:30

15 ޖުލައި 2025، 10:30

ހުޅުމާލޭގައި 4 ސްކްރީންގެ ސިނެމާއެއް ތަރައްޤީކުރަން ބޭރުގެ އިންވެސްޓަރުންނާއި މަޝްވަރާކޮށްފި ކަމަށް ޔޫތު މިނިސްޓަރ އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިގޮތަށް ވިދާޅުވީ ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. 

މި ފޯރަމްގައި ސިނަމާއެއް ޤާއިމްކުރުމާއި ބެހޭގޮތުން އަމާޒުވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ 4 ސްކްރީންގެ ސިނެމާއެއް ހުޅުމާލޭގައި ޤާއިމްކުރީމަ އެތަން އޮލިމްޕަހަށްވުރެ ޒަމާނީ ފެންވަރުގެ ތަނަކަށް ވެގެންދާނެ ކަމަށެވެ. އެއާއެކު ސްކްރީން ނެތިގެން ފިލްމެއް ނޭޅުވުމުގެ ދަތިކަން ކުރިމަތިނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ސްކްރީން ނެތިގެން، ސިނެމާ ނެތިގެން ފިލްމް ނޭޅުވިގެން މި އުޅޭ އުޅުމަށް ހަމަ ޔަގީން ކަށަވަރު އެކަމަށް ނިމުމެއް ގެންނާނަން. މިއީ ޕްރޮޑިއުސަރުންނަށް ވަރަށް ބޮޑު ތަކްލީފެއްކަން އަޅުގަނޑުމެންނަށް އެނގޭ. ސިނަމާއަކީ ވަރަށް ބޮޑަށް މުނިފޫހި ފިލުވާތަނެއް. އެތަނުން އެކި ފިލްމްތައް ބަލަން ވަދެވޭނެ. 4 ވަރަކަށް 6 ވަރަކަށް ސްކްރީން ހުންނާނެ. އެތަނުގައި ގޭމްތައް ހުންނާނެ. ޝޮޕިންގް ކޮމްޕްލެކްސް ހުންނާނެ. މިއީ ތަޞައްވުރަކަށް ވާންޖެހޭނީ. އަޅުގަނޑުމެން، ހިޔާލު ހުއްޓިގެން ނުވާނެ އޮލިމްޕަސް އަޅަން. އަޅުގަނޑުމެން އަޅަން ޖެހެނީ، ރަނގަޅު ފެންވަރުގެ ސިނަމާއެއް.

މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި އޮންނަ ހަމައެކަނި ސިނެމާއަކީ އޮލިމްޕަސް ސިނެމާއެވެ. އެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ރާއްޖެއަށްވެސް ޒަމާނީ ފެންވަރުގެ ސިނެމާއެެއް ބޭނުންވާ ކަމަށެވެ. އެކަމަށްޓަކައި ބޭރުގެ އިންވެސްޓަރުން ބޭނުންވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ސަރުކާރުން އެފަދަ އިންވެސްޓަރުންނާއި ވާހަކަދައްކާފައިވާއިރު އެބޭފުޅުން ތިބީ އެކަމަށް ތައްޔާރަށް ކަމަށެވެ. 

ވީމާ، މިހާރު ޔޫތު މިިނިސްޓްރީން ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވާހަކަދައްކާ ބިމެއް ހޯދުމުގެ މަސައްކަތް ފަށާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއަށްފަހު ދެން ބޭނުންވަނީ ޕްރޮޑިއުސަރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

1957  ގައި ހުޅުވުނު އޮލިމްޕަސް ސިނެމާއަކީ މިވަގުތު ރާއްޖޭގައި ފިލްމު ބަލަން ހުންނަ ހަމައެކަނި ސިނެމާއެވެ. ކޮވިޑް 19 ގައި ބަ ބަންދުކުރި އޮލިމްޕަސް ސިނެމާ މަރާމާތަށްފަހު ހުޅުވާފައިވީ ނަމަވެސް އެތަނުގައި އެއްފަހަރާއި އެއްވަގުތެއްގައި ބަލާލެވެނީ އެންމެ ފިލްމެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS