Ads by Stelco

ޚަބަރު

މިފްކޯއިން މިއަދުވެސް 24 ދޯންޏަކަށް 1 މިލިއަނެއްހާ ރުފިޔާ ދޫކޮށްފި

މިފްކޯއިން މިއަދުވެސް 24 ދޯންޏަކަށް 1 މިލިއަނެއްހާ ރުފިޔާ ދޫކޮށްފި

މަސްވެރިންތަކެއް މަސްބޭނުމުގައި---ފޮޓޯ: ސަރުކާރު. ގޮވް

farudhun logo

ފަރުދުން

15 ޖުލައި 2025، 01:45

15 ޖުލައި 2025، 01:45

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މިއަދުވެސް 24 ދޯންޏަކަށް 1 މިލިއަނެއްހާ ރުފިޔާ ދޫކޮށްފިއެވެ. 

މިފްކޯއިން މިއަދު ނެރުނު ތަފާސް ހިސާބެއްގައި ވަނީ 13 ޖުލައިގައި ބޭނި  މަހަށް މިއަދު ދައްކާފައިވާ ފައިސާގެ އަދަދު ހާމަކޮށްފައެވެ. އެ ކުންފުނިން މިއަދު ވަނީ 24 ދޯންޏަކަށް 1،050،528 ރުފިޔާ ދޫކޮށްފައެވެ. 

މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން މަސްވެރިން ބާނާ މަސް ކިރުމުގެ 48 ގަޑިިއިރުތެރޭ މަސްވެރިންނަށް ފައިސާ ދިނުމަކީ ރައީސް ޑރ. މުޙައްމަދު  މުޢިއްޒުގެ ވައުދުފުޅެކެވެ. މި ވަޢުދުފުޅު ފުއްދަވައި، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ.

މަސްވެރިންނަށް ލުއިފަސޭހަ ގޮތްތައް ތަޢާރަފްކުރުމަށް ސަރުކާރުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އޭގެ ތެރޭގައި މަސްވެރިންނަށް ޙާއްސަ ލޯން ސްކީމް ތަޢާރަފްކުރުމާއި ރާއްޖޭގެ މަސްވެރިކަން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS