Ads by Stelco

ޚަބަރު

ރުކަށް ގެއްލުންދޭ ފަނިފަކުސަ ކޮންޓްރޯލްކުރުމަށް ޗައިނާއާއެކު އެއްބަސްވެއްޖެ

ރުކަށް ގެއްލުންދޭ ފަނިފަކުސަ ކޮންޓްރޯލްކުރުމަށް ޗައިނާއާއެކު އެއްބަސްވެއްޖެ

ޑރ. މަރްޔަމް މާރިޔާއާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިއަންހުއާ

farudhun logo

ފަރުދުން

15 ޖުލައި 2025، 03:00

15 ޖުލައި 2025، 03:00

ރާއްޖޭގެ ރުއްތަކަަށް ކުރިމަތިވާ ގެއްލުން ކޮންޓްރޯލް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ތަންފީޒުކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި ޗައިނާ ޕީޕަލްސް ރިޕަބްލިކް އާ ދެމެދު ސޮއިކޮށްފިއެވެ. 

އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާ އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.

ޗައިނާ ސަރުކާރާއި ރާއްޖޭގެ ދަނޑުވެރިކަމާއި  ބެހޭ ވުޒާރާއިން އިއްތިފާޤުވެގެން އެކުލަވާލެވިފައިވާ، މި ޕްރޮޖެކްޓް މައިގަނޑުކޮށް ބިނާކުރެވޭ އަސާސްތަކަކީ، ރާއްޖެއާއި ޗައިނާއިން 20 ސެޕްޓެމްބަރު 2019 ގައި ސޮއިކޮށްފައިވާ 'އެގްރީމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން' އަދި 10 ޖަނަވަރީ 2024 ގައި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ސިޓީތަކުގައި، ޗައިނާ ސަރުކާރުން ޕްރޮޖެކްޓް ހިންގުމަށް އެއްބަސްވެފައިވުމެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ބުނީ 2 އަހަރު ދުވަހަށް ދެމިގެންދާ މި ޕްރޮޖެކްޓުގެ އަމާޒަކީ ރާއްޖޭގެ ކާބޯތަކެތި ރައްކާކުރުމާއި އެގްރިބިޒްނަސް ކުރިއެރުވުމަށްވެސް މުހިންމު ބާވަތެއްކަމުގައި ކަނޑައަޅާފައިވާ ދިވެހި ރުއް އާލާކުރުން ކަމަށެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަށް ބޯޑަރު ހުރަސްކޮށް އެތެރެވެފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލްކުރުންކަން ވެސް މިނިސްޓްރީން ފާހަގަކުރިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS