Ads by Stelco

ޚަބަރު

"ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" އަށް ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފި

"ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" އަށް ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފި

ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

farudhun logo

ފަރުދުން

16 ޖުލައި 2025، 11:15

16 ޖުލައި 2025، 11:15

"މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒީލިއަންސް އޮފް ޔޫތު" (މީރީ) ޕްރޮޖެކްޓްގެ ފަރާތުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ޕިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" އަށް ހުށަހެޅުމުގެ ސުންގަނޑި 20 ޖުލައިވާ އާދިއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިޤްތިޞާދަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކުން ޒުވާނުން ތަމްރީނުކޮށް ވާޒީފާގެ ބާޒާރަށް ތައްޔާރުކުރުގެ މަޤްޞަދުގައި، ވަރލްޑްބޭންކްގެ އެހީއާއެކު އެމިނިސްޓްރީގެ ދަށުން ތަންފީޒުކުރަމުންދާ "މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒީލިއަންސް އޮފް ޔޫތު" (މީރީ) ޕްރޮޖެކްޓްގެ ފަރާތުން "ޕިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" އިފްތިތާހުކުރި ކަމަށެވެ. 

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ  އެއްވެސް ފީ އަކާއި ނުލައި މުޅިން ހިލޭ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހަކީ 16 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކޯހެއް ކަމަށެވެ.  މި ޕްރޮގްރާމްގެ ދަށުން ހިންގޭ ކޯސްތަކަކީ ބައިވެރިންނަށް އެއްވެސް ޚަރަދެއް ނުހިނގާ، މުޅިން ހިލޭ ފޯރުކޮށްދެވޭ ކޯސްތަކެއް ކަމަށާއި ކޯސްތަކަށް ކުރިމަތިލުމަށް ހުށަހަޅާނީ ނެޝަނަލް ކެރިއަރސް ސާވިސް ގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށްގެން ކަމަށް މިިނިސްޓްރީން މަޢުލޫމާތުދީފައި ވެއެވެ. 

މި ޕްރޮގްރާމްގެ ދަށުން ޤައުމީ ސަނަދު ލެވެލް 3 ގެ ކޯސްތަކަކީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑި.އޭ) ގެ ސެޓިފައިޑް ޕްރެކްޓިކަލް އަދި ތިޔަރީ ހިމެނޭގޮތަށް ހިންގާ ކޯސްތަކެކެވެ. "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ މަޤްޞަދަކީ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމުގައި މިނިސްޓްރީން ބުނެފައި ވެއެވެ. މި ބޭނުމަށްޓަކައި މިނިސްޓްރީން ދަނީ ބިދޭސީން ގިނަ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުމަށް އަމާޒުކުރަމުންނެވެ. އަދި މި ކޯސްތައް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ. 

ހިލޭ ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ހިންގާނެ ރަށްތައް:

- ނެޝަނަލް ސެޓްފިކެޓް 3 އިން ޖުވެލަރީ ޑިޒައިން އެންޑް މެނުފެކްޗަރިންގ (ދ.ރިނބިދޫ، ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ގާޑެނިންގ (ދ.ކުޑަހުވަދޫ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ހައުސް ކީޕިންގ (ބ.ފުޅަދޫ، ވ.ކެޔޮދޫ)

- ނެޝަނަލް ސެޓްފިކެޓް 3 އިން އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސަރވިސެސް (ސ.ހިތަދޫ، ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ފްރަންޓް އޮފިސް ސަރވިސެސް (ކ.ދިއްފުށި، ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ (ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ވޭސްޓް-ޓު-ވެލްތު (ނ.ޅޮހި، ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމަންޓް (ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ޓުއަރ ގައިޑިންގ (ކ.ހިންމަފުށި، ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަރިންގ (ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕެނީ އެޑްމިނިސްޓްރޭޝަން (ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިވެންޓް މެނޭޖްމަންޓް (ހދ.ކުޅުދުއްފުށި، ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން އާޓް ސްކިލްސް (ހއ.ހޯރަފުށި، ށ.މިލަންދޫ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑް ވެއަރ އެންޑް ނެޓްވޯކިންގ (ރ.ދުވާފަރު، ކ.މާލެ)

- ނެޝަނަލް ސެޓްފިކެޓް 3 އިން ޕްރޮގްރާމިންގ (ގދ.ތިނަދޫ، ޔ.ފުވައްމުލަށް)

- ނެޝަނަލް ސެޓްފިކެޓް 3 އިން ސްކޫލް ލެބޯޓަރީ ޓެކްނީކްސް (ކ.މާލެ)

ނެޝަނަލް ސެޓްފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަންސް (ބ.ކިހާދޫ، ހަ.ކެލާ)

މި ލިޔުން ކިޔާލުމުން

Ads by MSS