ޚަބަރު
ފަރުމަހާއި މިޔަރާ މަޑީގެ އާބާދީ ދެނެގަތުމަށް ހާއްސަ ސާވޭ އެއް

ފަރުމަސް ބާނަންދާ މަސްވެރިންތަކެއް

ފަރުދުން
16 ޖުލައި 2025، 03:21
16 ޖުލައި 2025، 03:21
ފަރުމަހާއި މިޔަރާ މަޑީގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައި ޚާއްސަ ސާވޭ އެއް ފަށައިފިކަމަށް ފިޝަރީޒް މިނިސްޓްރީން ބުުނެފިއެވެ.
މިނިސްޓްރީން މި ސާވޭ ފަށާފައި ވަނީ މިމަހުގެ 3 ވަނަ ދުވަހު އެވެ. މި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް މި ސާވޭ ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ސާވޭ އަކީ ގްލޯބަލް ފިންޕްރިންޓް ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް މެރިން ރިސާޗް ސެންޓަރާއި މޯޓޭ މެރިން ލެބް ގުޅިގެން ކުރިއަށްގެންދާ ސާވޭއެކެއް ކަމަށް މިނިސްޓްރީން މަޢުލޫމާތުދީފައި ވެއެވެ.
ފިޝަރީޒް މިނސިްޓްރީން ބުނީ މި ސާވޭގެ މައިގަނޑު ބޭނުމަކީ ފަރުމަހާއި މިޔަރުގެ އިތުރުން މަޑީގެ އަބާދީ ދެނެގަތުން ކަމަށެވެ. އަދި މި ސާވޭގައި ބެއިޓްޑް ރިމޯޓް އަންޑަވޯޓާ ވީޑިއޯ ސިސްޓަމްސް (ބީއާރުޔޫވީއެސް) ބޭނުންކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.