ޚަބަރު
މިފްކޯއިން މިއަދު މަސްވެރިންނަށް 8 ލައްކައެއްހާ ރުފިޔާ ދޫކޮށްފި

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށީ މިއަހަރު ތެރޭގައި

ފަރުދުން
17 ޖުލައި 2025، 10:01
17 ޖުލައި 2025، 10:01
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މިއަދު މަސްވެރިންނަށް 8 ލައްކައެއްހާ ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން މިއަދު ނެރުނު ތަފާސް ހިސާބެއްގައި ވަނީ 14 ޖުލައިގައި ބޭނި މަހަށް މިއަދު ދައްކާފައިވާ ފައިސާގެ އަދަދު ހާމަކޮށްފައެވެ. އެ ކުންފުނިން މިއަދު ވަނީ 22 ދޯންޏަކަށް 848،213.7 ރުފިޔާ ދޫކޮށްފައެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން މަސްވެރިން ބާނާ މަސް ކިރުމުގެ 48 ގަޑިިއިރުތެރޭ މަސްވެރިންނަށް ފައިސާ ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މި ވަޢުދުފުޅު ފުއްދަވައި، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ.
މަސްވެރިންނަށް ލުއިފަސޭހަ ގޮތްތައް ތަޢާރަފްކުރުމަށް ސަރުކާރުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އޭގެ ތެރޭގައި މަސްވެރިންނަށް ޙާއްސަ ލޯން ސްކީމް ތަޢާރަފްކުރުމާއި ރާއްޖޭގެ މަސްވެރިކަން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.