Ads by Stelco

ޚަބަރު

ގޫގުލް އެކައުންޓްތައް ހެކްކުރާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ

ގޫގުލް އެކައުންޓްތައް ހެކްކުރާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ

ޕޮލިސް މީޑިއާއިން ނެރެފައިވާ ޕޯސްޓަރެއް

farudhun logo

ފަރުދުން

17 ޖުލައި 2025، 10:57

17 ޖުލައި 2025، 10:57

ސްކޭމް ލިންކެއް މެދުވެރިކޮށް ގޫގުލް އެކައުންޓްތައް ހެކް ކުރުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން އެދެފިއެވެ.

އެ ސެންޓަރުން މިއަދު ޢާންމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން ގެދޮރުވެރިޔާ ޕޯޓަލްއަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވާ މި ސްކޭމް ލިންކަށް ފިތުމުން ގޫގުލް އެކައުންޓަށް ލޮގިންވާން ބުނެއެވެ. ލޮގިންކޮށްފިނަމަ ލޮގިންވާ މީހާގެ ޕާސްވޯޑް ސްކޭމް ކުރާ ފަރާތަަށް ލިބޭނެ ކަމަށް ސައިބަރ ކްރައިމް ސެންޓަރުން އާންމު ކުރި މަޢުލޫމާތުގައިވެއެވެ.

އެހެންކަމުން މިފަދަ ސްކޭމްތަކަޡްސަލާމަތްވުމަށް ގޫގުލް އެކައުންޓުގެ ޓޫ ފެކްޓަރ އޮތެންތިކޭޝަން ހެއްދެވުމަށްވެސް އެ ސެންޓަރުން ވަނީ އެދިފައެވެ.   ގެދޮރުވެރިޔާ ޕޯޓަލް އިން ލިންކެއް ނުފޮނުވާނެ ކަމަށާއި އެއީ އީފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

އެފަދަ ލިންކެއް ލިބިއްޖެނަމަ ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 911 ގުޅުއްވާ އެ މައްސަލަ ރިޕޯޓު ކުރުމަށްވެސް ސައިބަރ ކްރައިމް ސެންޓަރުން ވަނީ އެދިފައެވެ. 

މީގެ އިތުރުން ފޮޓޯތަކެއް ހުރި ކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުންގެ ޚިދުމަތަށް ފާހަގަވިކަަމަށްވެސް ބުނެފައިވެ އެވެ. މި ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކުއެވެ. މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނެއެވެ. އަދި ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށް ބުނާކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ. 

އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެއެވެ. އަދި ތިމާގެ ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ފިޝިންގގ ލިންކު ފޮނުވަމުންދާކަންވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ. 

ފުލުހުން  ވަނީ ޓެލްގްރާމް މެދުވެރިކޮށް ފޮނުވާ ފިޝިންގ ލިންކު ސްކޭމްގެ ޝިކާރައަކަށްވެ ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯލްކުރުމަށް އިރުޝާދުދީފައެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރުމަށްވެސް ފުލުހުން ދިން އިރުޝާދުގައިވެ އެވެ. 

ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެ ގޮތް:

  • ޓެލެގްރާމް ސެޓިންގ
  • ޕްރައިވަސީ އެންޑް ސެކިއުރިޓީ
  • ޓޫ-ސްޓެޕް ވެރިފިކޭޝަން
  • ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން
  • ރިކަވަރީ އީމެއިލް އެޑްކުރުން

ފުލުހުން ބުނީ ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށްޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ. 

އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކު ފޮނުވިކަމުގައިވިޔަސް އެއަށް ސަމާލުކަންނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެއީ ޓެލެގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިންގ ލިންކެކެވެ. އެހެންކަމުން މިފަދަ ލިންކުތަކަށް ނުފިތުމަށް ފުލުހުން ބުނެފައި ވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS