Ads by Stelco

ޚަބަރު

އާރްޓީއެލް އިން 12 ފެރީ ސްޓޮޕްކާއި 6 ޓާމިނަލެއް ރަށު ކައުންސިލްތަކާ ހަވާލުކޮށްފި

އާރްޓީއެލް އިން 12 ފެރީ ސްޓޮޕްކާއި 6 ޓާމިނަލެއް ރަށު ކައުންސިލްތަކާ ހަވާލުކޮށްފި

އާރްޓީއެލް އިން ކައުންސިލުތަކާއި ޓާމިނަލްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު

farudhun logo

ފަރުދުން

17 ޖުލައި 2025، 11:37

17 ޖުލައި 2025، 11:37

ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން 12 ފެރީ ސްޓޮޕްކާއި 6 ޓާމިނަލެއް ރަށު ކައުންސިލްތަކާ ހަވާލުކޮށްފިއެވެ. 

އިއްޔެ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތަށްފަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި ފެރީ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތައް ބެލެހެއްޓުމުގެ ޒިންމާ ދެން އަދާކުރާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ. 

ޓާމިނަލްތަކާއި ފެރީ ސްޓޮޕްތައް ހަވާލުކުރެވިފައިވާ ރަށު ކައުންސިލްތަކަކީ:

ހދ. ހަނިމާދޫ ކައުންސިލް - ފެރީ ޓާމިނަލް
ހދ. ފިނޭ ކައުންސިލް - ފެރީ ސްޓޮޕް
ހއ. މުރައިދޫ ކައުންސިލް - ފެރީ ސްޓޮޕް
ހއ. ހޯރަފުށި ކައުންސިލް - ފެރީ ޓާމިނަލް
ހއ. މޮޅަދޫ ކައުންސިލް - ފެރީ ސްޓޮޕް
ހއ، މާރަންދޫ ކައުންސިލް - ފެރީ ސްޓޮޕް
ހއ. ތުރާކުނު ކައުންސިލް - ފެރީ ސްޓޮޕް
ހއ. އުލިގަން ކައުންސިލް - ފެރީ ސްޓޮޕް
ހއ. އިހަވަންދޫ ކައުންސިލް - ފެރީ ޓާމިނަލް
ށ. ބިލެއްފަހި ކައުންސިލް - ފެރީ ޓާމިނަލް
ށ. ފުނަދޫ ކައުންސިލް - ފެރީ ޓާމިނަލް
ށ. ފޭދޫ ކައުންސިލް - ފެރީ ސްޓޮޕް
ށ. ކޮމަންޑޫ ކައުންސިލް - ފެރީ ސްޓޮޕް
ހދ. ވައިކަރަދޫ ކައުންސިލް - ފެރީ ސްޓޮޕް
ހދ. ކުމުންދޫ ކައުންސިލް - ފެރީ ސްޓޮޕް
ށ. ގޮއިދޫ ކައުންސިލް - ފެރީ ސްޓޮޕް
ހއ. ބާރަށް ކައުންސިލުން - ފެރީ ސްޓޮޕް
ހއ. ދިއްދޫ ކައުންސިލް - ފެރީ ސްޓޮޕް

މި ފެރީ ސްޓޮޕްތަކާއި ޓާމިނަލްތައް އެމްޓީސީސީން އިމާރާތްކޮށްދީފައި ވަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ބ ނުންކުރައްވާ
ކަސްޓަމަރުންގެ ލުއިފަސޭހައަށްޓަކައި ކަމަށް އެކުންފުނިން ބުނެފައި ވެއެވެ. އެމްޓީސީސީ އިން ބުނީ ތުރަށް ތައްޔާރުވެގެން އަންނަ ދަތުރުވެރިންނަށް މަޑޫކޮށްލައިގެން ތިބެވޭނެ އިންތިޒާމު މި ފެރީ ސްޓޮޕްތަކާއި ފެރީ ޓާމިނަލްތަކުގައި ހަމަޖެހިފައި ހުންނާނެ ކަމަށެވެ. 


މި ލިޔުން ކިޔާލުމުން

Ads by MSS