Ads by Stelco

ޚަބަރު

ޒަމްޒަމް ފެން ކަމަށް ބުނެ އާދައިގެ ފެން ވިއްކި މައްސަލަ ތަހުޤީޤު ކުރަނީ

ޒަމްޒަމް ފެން ކަމަށް ބުނެ އާދައިގެ ފެން ވިއްކި މައްސަލަ ތަހުޤީޤު ކުރަނީ

ޒަމްޒަމް ފެން

farudhun logo

ފަރުދުން

17 ޖުލައި 2025، 12:59

17 ޖުލައި 2025، 12:59

ޒަމްޒަމް ފެން ކަމަށް ބުނެ އާދައިގެ އިސްކުރު ފެން ވިއްކި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުޤީޤު ކުރަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި 'ސާމާނު' ނަމަކަށް ކިޔާ ސޯޝަލް މީޑިއާ ޕޭޖެއްގައި އަސްލު ޒަމްޒަމް ފެން ވިއްކާ ކަމަށް ބުނެ،  އިޝްތިހާރު ކުރަމުން ދިޔަ އެވެ. އެ ޕޯސްޓްތަކުގައި ފެން ގަތުމަށް ގުޅޭނެ ނަންބަރެއް ވެސް ހިމަނާފައިވެ އެވެ.

ނަމަވެސް ވިއްކަމުން އަންނަ ފެނަކީ އަސްލު ފެނެއް ނޫން ކަމަށް ބުނެ ޢާންމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.  މި އުފެއްދުމަކީ އެކުވެރި ޢަރަބި އިމާރާތުން (ޔޫއޭއީ) އުފައްދާ އާދައިގެ އިސްކުރު ފެނެއް ނަމަވެސް މި ފެން ރާއްޖެއަށް އެތެރެކޮށްގެން އޮޅުވާލައިގެން ވިއްކާފައިވާ ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށް ފުލުހުން ބުންޏެވެ. 

ޔޫއޭއީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޤައުމުގެ ފުލުހުން ވަނީ އެ ފެން އުފައްދާ ޕްލާންޓަށް ވަދެ، ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. އެ އޮޕަރޭޝަންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޔޫއޭއީގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެެއެވެ. 

ފުލުހުން ބުނީ މިމައްސަލަ ފުރިހަމައަށް ތަޙުޤީޤު ކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ތަހުޤީޤުގެ  ހޯދުންތަކަށް ބަލައިގެން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS