ޚަބަރު
މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށްފި

ފޮޓޯ: ސަން އޮންލައިން

ފަރުދުން
17 ޖުލައި 2025، 02:49
17 ޖުލައި 2025، 02:49
މޫސުން ގޯސްވެ، މުޅި ރާއްޖެއަށް އުދައަރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެެވެ.
މޫސުމާއި ބެހޭ ޤަައުމީ އިދާރާއިން ކުރި ޓްވީޓެއްގައި ވަނީ މިއަދު މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. އަދި ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ 14:30 އިން ފެށިގެން 20:30 ގެ ނިޔަލަށެވެ. އެވަގުތުކޮޅުގައި މި ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މެޓް އޮފީހުން ބުނީ މިހާރުން ފެށިގެން މިއަދު 18:00 ގެ ނިޔަލަށް މުޅި ރާއްޖެއަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ވަނީ މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.