ވިޔަފާރި / ޚަބަރު

ސްޓެލްކޯގެ ވާޓްސިލާ އިންޖީނެއް 200،000 ގަޑިއިރަށް ހިންގައި މުހިންމު މޭލެދަނޑިއެއް ހާސިލްކޮށްފި!

ސްޓެލްކޯގެ ވާޓްސިލާ އިންޖީނެއް 200،000 ގަޑިއިރަށް ހިންގައި މުހިންމު މޭލެދަނޑިއެއް ހާސިލްކޮށްފި!

ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖުލައި 2025، 04:22

17 ޖުލައި 2025، 04:22

ދިވެހިރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ވާޓްސިލާ އިންޖީނަކުން 200،000 (ދެލައްކަ) ގަޑިއިރު ހިނގުން ފުރިހަމަކޮށްފިއެވެ. މިއީ އިންޖީނެއްގެ ގިނަ ވަގުތުތަކެއް ވަންދެން މެދުނުކެނޑި ހިނގުމުގެ ގާބިލުކަން ދައްކުވައިދޭ މުހިންމު ކާމިޔާބީއެއް ކަމަށް އިންޖީނު ބެލެހެއްޓުމުގައި އެހީތެރިވެދޭ ބައިވެރިޔާ ފިންލެންޑްގެ ވާޓްސިލާ ކުންފުނިން ފާހަގަކޮށްފައިވެއެވެ.



މި އިންޖީނަކީ 1990 ވަނަ އަހަރުން ފެށިގެން ސްޓެލްކޯއާ އެކު ކުރެވޭ ގުޅިފައިވާ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަމުން އަންނަ އިންޖީނެކެވެ. އިންޖީނު ބެލެހެއްޓުމުގައި އެހީތެރިވެދޭ ފަރާތްކަމުގައިވާ ވާޓްސިލާއިން ބުނެފައިވާ ގޮތުގައި، ސްޓެލްކޯއާ އެކު އެފަރާތުން ކުރަމުންދާ މަސައްކަތަކީ ކަރަންޓުގެ ދާއިރާގައި ގިނަ ކުރިއެރުންތަކެއް ހޯދުމަށް އެހީތެރިވެދީފައިވާ ބައިވެރިވުމެއް ކަމަށާއި، މި ގުޅުން މިހާރުވެސް ވަރަށް ވަރުގަދަ ކަމަށެވެ.

ސްޓެލްކޯގެ ވާޓްސިލާ އިންޖީނެއް 200،000 ގަޑިއިރަށް ހިންގައި މުހިންމު މޭލެދަނޑިއެއް ހާސިލްކޮށްފި!

ސްޓެލްކޯގެ މުވައްޒަފުން ވާޓްސިލާގެ އިންޖީނަކާއި އެކު

މިކަން ހާމަވެފައިވަނީ އިންޖީނު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ވާޓްސިލާ ކުންފުނިން އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓެއްގައި ކުރި ޕޯސްޓަކުންނެވެ. އެ ޕޯސްޓުގައި، ދިވެހިރާއްޖޭގައި ހިނގަމުންދާ އެފަރާތުގެ އެއް އިންޖީނުން 200،000 (ދެލައްކަ) ގަޑިއިރު ހިނގުން ފުރިހަމަކޮށްފައިވާ ކަމަށާއި، މިއީ އިންޖީނުތަކުގެ ގާބިލުކަމާއި ދެމިހުރުން ހާމަކޮށްދޭ މުހިންމު ނިޝާނެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

މިއީ ރާއްޖޭގެ ކަރަންޓުގެ ދާއިރާގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ލިބުނު ކާމިޔާބީއެކެވެ. 200،000 ގަޑިއިރުގެ ދިގު މުއްދަތެއް ވަންދެން އިންޖީނެއް މެދުނުކެނޑި ހިނގުމަކީ ކަރަންޓުގެ ޚިދުމަތް ދިނުމުގައި އިންޖީނުތަކުގެ އިތުބާރު ހުރިވަރު ދައްކުވައިދޭ ކަމެކެވެ. މިފަދަ ދިގު މުއްދަތުގެ ބައިވެރިވުންތަކުގެ ސަބަބުން ރާއްޖޭގެ ކަރަންޓުގެ ޚިދުމަތްތައް ހަރުދަނާކޮށް، ކުރިއެރުންތައް ހޯދުމަށް މަގުފަހިވެއެވެ.

                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS