Ads by Stelco

ޚަބަރު

ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމަށް ޚާއްޞަ ތަމްރީންތަކެއް ފަށަނީ

ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމަށް ޚާއްޞަ ތަމްރީންތަކެއް ފަށަނީ

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް

farudhun logo

ފަރުދުން

19 ޖުލައި 2025، 11:57

19 ޖުލައި 2025، 11:57

ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ މަސައްކަތް ކުރުމަށް މީހުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިގޮތަށް ވިދާޅުވީ ރޭ ދަައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ. 

މި އިންޓަވިއުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ މަސައްކަތެއް އިޢުލާންކުރެއްވި ކަމަށެވެ. 

ރާއްޖޭގައި ފާއިތުވީ ފަސްދޮޅަހަކަށް އަހަރު  ތެރޭގައި ރާއްޖެ ދުށް މީހުން ކިބައިގައި ވަރަށް ގިނަ ދިވެހިވަންތަ ހުނަރުތަކެއް ހުންނާނެ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

އެއީ ވާހަކަދެއްކުމުގެ ހުނަރުކަމަށްވިޔަސް، މަސައްކަތްތަކުގެ ހުނަރުކަމަށްވިޔަސް، ތަފާތު އެކި ކަންކަމުގައި. އެހެންވީމަ، މި ހުރިހާ އެއްޗެހި ރެކޯޑް ކުރެވުނީމަ އެއީ ޤައުމު ފާއިތުވި 50 އަހަރު ދަތުރުކޮށްފަ އޮތް މިސްރާބާއި ދިވެހިން ދިވެހިންގެ އަމިއްލަވަންތަ ސިފަތައް ފެތުރިފަ އޮތްގޮތާ ބައިވެފަ ހުރި ގޮތާ މިހުރިހާ ކަމެއްގެ ރެކޯޑެއް ހޯދޭނެ

މިނިސްޓަރ ވިދާޅުވީ މި ހުރިހާ ކަމެއްގެ މައްޗަށް ބިނާކޮށް ރަށްރަށް ތަރައްޤީކުރާއިރު ވިސްނޭނެ ވަރަށް ގިނަ ކަންކަން އޮންނާނެ ކަމަށެވެ.  ދިވެހިވަންތަކަން އިޔާދަކުރުމަށްޓަކައި ބޭނުންހިފޭނެ ވަރަށް ގިނަ މަޢުލޫމާތު ލިބެން ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  ވީމާ، ދިވެހިންގެ ހަނދާންތައް އެއްކުރުމުގެ މަޝްރޫޢުގެ ދަށުން ކޮންމެ ދުވަހަކު އެކި ރަށްރަށަށް ގުޅައިގެން މި މަސައްކަތަށް  ބޭނުންވާ މީހުން ތަމްރީންކުރުމުގެ މަސައްކަތް މިނިސްޓްރީން އެބަ ކުރިއަށްގެންދާ ކަމަށް މިނިސްޓަރ މަޢުލޫމާތު ދެއްވިއެވެ.  މިނިސްޓަރ ވިދާޅުވިގޮތުގައި މިކަމަކީ ކިހިނެއް ކުރެވޭ ކަމެއްކަން ތަޢާރަފްކުރުމަށް ޢިލްމީ މަޢުލޫމާތުތައް ދަސްކޮށްދޭނެއެވެ. މި މަޝްރޫޢުވެސް ވަރަށް އަވަހަށް ރަސްމީކޮށް އިފްތިތާހުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މި މޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިސްވަރުންވެސް ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަސްތަކުގައި އެހެނިހެން  ތަމްރީންތައް ކުރިއަށްގެންދަވާ ކަމަށެވެ. އެންތްރޮލޮޖީ ތައްޔާރުކުރުމުގެ މަސައްކަތްތައްވެސް މިނިސްޓްރީން ކުރިއަށްގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS