ޚަބަރު
ރ. އަތޮޅުގައި "އަހަންނަކީ ނޫސްވެރިއެއް" ނިންމާލައިފި

'އަހަންނަކީ ނޫސްވެރިއެއް' ޕްރޮގްރާމްގެ ތެރެއިން

ފަރުދުން
19 ޖުލައި 2025، 02:26
19 ޖުލައި 2025، 02:26
ރ. އާއި ނ. އަތޮޅަށް އަމާޒުކޮށްގެން ހިންގި 'އަހަންނަކީ ނޫސްވެރިއެއް" ޕްރޮގްރާމް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ނިންމާލައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމްގެ މަޤްޞަދަކީ ޒުވާނުންގެ މެދުގައި ހޭލުންތެރިކަމާއި ފާޑުކިޔުންތެރި ވިސްނުން ކުރިއެރުވުމެވެ.
އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ސްޓޭޓް މިނިސްޓަރު ޢަލީ ޝަމްޢާން ވަނީ މި ޕްރޮގުރާމްގެ ތެރެއިން ނޫސްވެރިކަމާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދީ، ތެދާއި ދޮގު ޚަބަރު ވަކިކުރަން ދަސްކޮށްދެވިފައިވާކަން ފާހަގަކުރައްވާފައެވެ.
. މި ޕްރޮގުރާމްގައި ރ. އަތޮޅުގެ 13 ރަށަކާއި ނ. އަތޮޅު ހޮޅުދޫއިން ޖުމުލަ 33 މީހުން ބައިވެރިވިއެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ރަށު ކައުންސިލްތަކުގެ މުވައްޒަފުންނާއި، ސަރުކާރުގެ އެކިއެކި އިދާރާތަކާއި، އަދި އެ ސަރަޙައްދުތަކުގައި ހިންގާ އޮންލައިން ނޫސް މަޖައްލާތަކުގެ މުވައްޒަފުން ބައިވެރިވިއެވެ. ޕްރޮގްރާމް ފުރިހަމަކުރި ހުރިހާ ބައިވެރިންނަށް ވަނީ ސެޓްފިކެޓް އަރުވާފައެވެ.
'އަހަންނަކީ ނޫސްވެރިއެއް' އަކީ ތަޢުލީމީ އަދި މުޖުތަމަޢު ބިނާކޮށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ރަށްރަށަށް ވެސް މި ޕްރޮގްރާމް ތަޢާރަފް ކުރުމަށް ޔޫތު މިނިސްޓްރީން ވަނީ ރާވާފައެވެ.