Ads by Stelco

ޚަބަރު

ރާއްޖޭގެ ކުޅިވަރު ކުޅޭނެ ތަންތަން ބިނާ ކުރުމާއި ގުޅޭގޮތުން ޗައިނާއާއެކު މަޝްވަރާތަކެއް

ރާއްޖޭގެ ކުޅިވަރު ކުޅޭނެ ތަންތަން ބިނާ ކުރުމާއި ގުޅޭގޮތުން ޗައިނާއާއެކު މަޝްވަރާތަކެއް

ކުޅިވަރާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު

farudhun logo

ފަރުދުން

21 ޖުލައި 2025، 10:02

21 ޖުލައި 2025، 10:02

ރާއްޖޭގެ ކުޅިވަރު ކުޅޭނެ ތަންތަން ބިނާ ކުރުމާއި ގުޅޭގޮތުން  ޗައިނާއާއެކު މަޝްވަރާތަކެއް ކުރަމުންގެންދާ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ކުޅިވަރު ސާމާނުތައް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ދައުލަތުގެ މީޑިއަށް މަޢުލޫމާތު ދެއްވަމުންނެވެ. 

ވަޒީރު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުޅޭނެ ތަންތަން ބިނާ ކުރުމާއި ގުޅޭގޮތުން ޗައިނާގެ ފުޖިއާން ޕްރޮވިންސާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ކަމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގައި ރަށްތައް ވަކިވަކިން ހުންނާތީ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ ދަތިކަން ޗައިނާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރަށް ރާއްޖޭގެ ސަރަހައްދުތަކުގައި އެވަސީލަތްތައް ޤާއިމްކުރުން މުހިންމު ކަމަށް ވަޒީރު ވިދާޅުވެފައިވެ އެވެ. އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް ސްޕޯޓްސް ނިއުޓްރިޝަނާއި ސްޕޯޓްސް ސައިކޮލޮޖީގެ ދާއިރާއިން ތަމްރީންވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަޒީރު ވާހަކަދައްކަވާފައިވެ އެވެ. 

މީގެ އިތުރުންވެސް ވަޒީރު ވަނީ ފުޖިއާން ޕްރޮވިންސްގެ ކޯޗުންނާއި ކުޅުންތެރިން ރާއްޖެ ގެނެސް އަދި ރާއްޖޭގެ ޓީމުތަކާއި ކުޅުންތެރިން ފުޖިއާން ޕްރޮވިންސަށްގޮސް ތަމްރީންތައް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް މަޢުލޫމާތުދެއްވާފަ އެވެ. 

އެ ޕްރޮވިންސްގެ އެންމެ މައިގަނޑު ކުޅިވަރަކީ ބެޑްމިންޓަންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ވީމާ، މިފަދަ ކުޅިވަރުތަކުގެ މާހިރުންގެ އެހީތެރިކަން ހޯދުމަށް އަމާޒު ހިއްޕަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ނޫނަސް ކުޅިވަރުގެ އެހެން ޕްރޮގްރާމްތައް ހަމަޖައްސަން ވާހަކަދެކެވުނު ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS