Ads by Stelco

ޚަބަރު

ފާއިތުވި 24 ގަޑިއިރުތެރޭ އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ އިފުރަށް

ފާއިތުވި 24 ގަޑިއިރުތެރޭ އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ އިފުރަށް

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

farudhun logo

ފަރުދުން

23 ޖުލައި 2025، 10:52

23 ޖުލައި 2025، 10:52

ފާއިތުވި 24 ގަޑިއިރުތެރޭ އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ރ. އިފުރަށް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދު ނެރުނު ތަފާސް ހިސާބުން ދައްކައިފިއެވެ. 

މެޓް އޮފީހުން އިއްޔެ ހެނދުނު 08:00 އާއި މިއަދު ހެނދުނު 08:00 ގެ ނިޔަލަށް ރެކޯޑްކުރި ތަފާސްހިސާބުން ދައްކާގޮތުގައި އެވަގުތުކޮޅު ތެރޭގައި އިފުރަށް ވަނީ 36 މިިލިމީޓަރގެ ވާރޭ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑްކުރެވިފަައިވަނީ ނ. މާފަރެވެ. މާފަރަށް އިއްޔެ ވަނީ 34.6 މިލިމީޓަރގެ ވާރޭ ވެހިފައެވެ. ދެން އެންމެ ބޯކޮށް ވާރޭވެހިފައިވަނީ އއ. ތޮއްޑޫއަށެވެ. އިއްޔެ ތޮއްްޑޫއަށް 23.4 މިލިމީީޓަރގެ ވާރޭ ވެހިފައިވާކަމަށް ރެކޯޑްކުރެވިފައިވެ އެވެ.

މިވަގުތު ރާއްޖެ ތަޖުރިބާކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވަނީ އުތުރުގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށް ބުނެފައެވެ. މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ދެކުނުގެ މޫސުން ޢާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. 

މީގެ އިތުރުން، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއާއެކު، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ. އުތުރަށް ބަލާއިރުގައި މެޓް އޮފީހުން ވަނީ އެސަރަހައްދުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށް ބުނެފައެވެ. 

މެޓް އޮފީހުން އިތުރަށް ބުނިގޮތުގައި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން