ވިޔަފާރި / ޚަބަރު

ތިލަފުށިން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާން ބާތިލްކޮށްފި

ތިލަފުށިން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާން ބާތިލްކޮށްފި

އެޗްޑީސީ ހެޑް އޮފީސް---ފޮޓޯ: ދަ އެޑިޝަން

farudhun logo

ފަރުދުން

23 ޖުލައި 2025، 01:26

23 ޖުލައި 2025، 01:26

ކ. ތިލަފުށިން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިޢުލާން ބާތިލްކޮށްފިއެވެ. 

އެޗްޑީސީ އިން މިއަދު ކުރި އިޢުލާނެއްގައި ވަނީ ތިލަފުށީގެ ބިމުގެ ޖާގަ އޮތް މިންވަރަށް ބަލައި، ތިލަފުށި މާސްޓަރ ޕްލޭނާއި އެޗްޑީސީގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، ތިލަފުށިން ބިން ކުއްޔަށް ދޫކުރުމަށް ކުރި އިޢުލާން ބާތިލުކުރި ކަމަށް ބުނެފައެވެ. އެޗްޑީސީއިން ތިލަފުށިން ބިން ކުއްޔަށް ދޫކުރުމަށް އިޢުލާންކުރީ މިދިޔަ އަހަރުގެ ޖުލައި 14 ގައެވެ. 

ތިލަފުށި ބިން ހިއްކުމުގެ މަޝްރޫޢުއަށާއި ތިލަފުށީގެ މާސްޓަރ ޕްލޭނަށް ގެނެވިފައިވާ ބަދަލުތަކުގެ ސަބަބުން، ތިލަފުށީގެ ލޭންޑް-ޔޫސް ޕްލޭނަށް ބަދަލު ގެނައުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާކަމަށް ބުނެފައިވެ އެވެ. ވީމާ، ހަވާލާދީފައިވާ އިޢުލާންތަކާ ގުޅިގެން، އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކާއި އެކޯޕަރޭޝަނުން އެ ފަރާތްތަކަށް ފޮނުވާފައިވާ އޮފަރތައް ބާތިލުކޮށްފައިވާ ވާހަކަވެސް މިއަދުގެ އިޢުލާނުގައި ބުނެފައިވެ އެވެ. 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅައި މަޢުލޫމާތު ސާފުކުރުމަށް އެޗްޑީސީއިން އެދިފައިވެ އެވެ. އަދި މިފަދަ ކަންކަމުގައި ޢާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެޗްޑީސީއަށް ދޭ އެއްބާރުލުމަށް އެކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS