Ads by Stelco

ޚަބަރު

އެޗްޑީސީން ބިޑް ޕޯޓަލްއެއް ތަޢާރަފްކޮށްފި

އެޗްޑީސީން ބިޑް ޕޯޓަލްއެއް ތަޢާރަފްކޮށްފި

އެޗްޑީސީ ބިޑް ޕޯޓަލް

farudhun logo

ފަރުދުން

24 ޖުލައި 2025، 01:29

24 ޖުލައި 2025، 01:29

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބިޑް ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕޯޓަލެއް ތަޢާރަފްކޮށްފިއެވެ. 

އެޗްޑީސީ އިން މިކަމާއި ބެހޭގޮތުން ޝާއިޢުކުރި ޚަބަރެއްގައިވާ ގޮތުގައި އެކުންފުނިން މި ޕޯޓަލް ތަޢާރަފްކޮށްފައިވަނީ ކުންފުނީގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ޑިޖިޓަލައިޒްކުރުމުގެ ބޭނުމުގައެވެ. އެޗްޑީސީގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގައި ވީހާވެސް ދެފުށްފެންނަ ގޮތަށް ކަންތައްތައް ބައްޓަންކުރުމުގެ މަޤްޞަދުގައި މި ޕޯޓަލް ތަޢާރަފްކުރެވިގެންދިޔަ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ. 

މި ޕޯޓަލް މެދުވެރިކޮށް ބިޑްކުރަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގައި ރަޖިސްޓަރ ކުރެވޭނެ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ. ރަޖިސްޓަރ ކުރުމުގެ އިތުރުން މި ޕޯޓަލްގެ ޒަރީޔާއިން ކަސްޓަމަރުންނަށް އެޗްޑީސީގެ އެޖެންޓުންނާއި ވަގުތުން މުޢާމަލާތް ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. 

ބިޑް ޕޯޓަލްގެ ޚިދުމަތް ހޯދާނީ:

1. ޕޯޓަލް https://bids.hdc.mv އަށް ޒިޔާރަތް ކުރައްވާ

2. 'ރަޖިސްޓްރީ' އަށް ފިތާލުމަށްފަހު ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ތަފްސީލުތައް ފުރިހަމަކުރުން

3. އީމެއިލް އެޑްރެސް ޔަގީންކުރުން.

4. އެޗްޑީސީ ބިޑް ޕޯޓަލް އަށް އަނެއްކާވެސް  ލޮގްއިން ވުން

5. 'މައި ޕްރޮފައިލް' އަށް ފިތާލާށެވެ.

6. ބިޑްސް ސެކްޝަންގައި ވެންޑަރ ރެޖިސްޓްރޭޝަން ބައި އިޚްތިޔާރުކުރާށެވެ. 

7. ވެންޑަރ އެޕްލިކޭޝަން ފެށުމަށްޓަކައި 'ރެޖިސްޓަރ އެސް އަ ވެންޑަރ' އަށް ފިތާލާށެވެ.

8. އެޕްލިކޭޝަން ފުރިހަމަކޮށް، ބޭނުންވާ ލިޔެކިޔުންތައް އަޕްލޯޑްކުރުން.

އެޗްޑީސީ އިން ބުނީ ރަޖިސްޓްރޭޝަން  މަރުހަލާއާއި ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ [email protected] އަށް އީމެއިލްކުރެވޭނެ ކަމަށެވެ. މިހާރު ބިޑްކުރުމަށް ހުޅުވާލެވިފައިވާ ބީލަންތައް ބައްލަވައި ބައިވެރިވުމަށް  އެޗްޑީސީ ވެންޑަރ ނެޓްވޯކްގައި ރަޖިސްޓްރީ ވާންވާނެ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ. އޯޕަން ބީލަންތައް ޤަވާއިދުން އަދާހަމަކޮށް ޕޯޓަލްގައި ދައްކާއިރު، ރަޖިސްޓްރީކޮށްފައިވާ ވެންޑަރުންނަށް ބޭނުންވާ ހުރިހާ ތަފްޞީލެއް ލިބި، ބީލަން ލިޔެކިޔުންތައް ޑައުންލޯޑްކޮށް، ސީދާ ސިސްޓަމް މެދުވެރިކޮށް ބިޑް ހުށަހެޅޭނެ އެވެ. އަދި ހޮވާ ބީލަން ހުޅުވާލުމާއެކު، ރަޖިސްޓްރީވާން ޝައުޤުވެރިވާ އަދި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް [email protected] އަށް ސުވާލުތައް ފޮނުވޭނެ ކަމަށް އެޗްޑީސީ އިން ޝާއިޢުކުރި ޚަބަރުގައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS