ވިޔަފާރި

ފަވަރައަށް އަހަރެއް، 15 ބިލިއަން ރުފިޔާގެ ޓްރާންސެކްޝަން!

ފަވަރައަށް އަހަރެއް، 15 ބިލިއަން ރުފިޔާގެ ޓްރާންސެކްޝަން!

ފޮޓޯ: އެމްއެމްއޭ

farudhun logo

ފަރުދުން

27 އޯގަސްޓު 2024، 03:32

27 އޯގަސްޓު 2024، 03:32

މާލީ މުޢާމަލާތްތައް ހިންގުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ފެށި "ފަވަރަ" ޚިދުމަތަށް އެއްއަހަރު ވީއިރު 15 މިލިއަން ރުފިޔާގެ ޓްރާންސެކްޝަން ކޮށްފިއެވެ. 

މިދިޔަ އަހަރު އޮގަސްޓްމަހުގެ 26 ވަނަ ދުވަހު އުފެދިގެންއައި "ފަވަރަ" އަކީ ރައްކާތެރިކަމާއެކު އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ ޕޭމަންޓް ސިސްޓަމްއެކެވެ. އެއް އަހަރު ދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 5 މިލިއަން ޓްރާންސެކްޝަން ފަވަރަ މެދުވެރިކޮށް ޙިދުމަތް ހޯދާފައިވެއެވެ. އަދި އެއީ ޖުމްލަ 15 ބިލިޔަން ރުފިޔާކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

މި ސިސްޓަމްގައި މިހާތަނަށް ބައިވެރިވެފައިވަނީ ރާއްޖޭގެ 2 ބޭންކަކާއި ބޭރުގެ 3 ބޭންކެއް ހިމެނޭހެން 5 ބޭންކަކުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން އަދި މޮރިޝަސް ކޮމާޝަލް ބޭންކް ހިމެނެއެވެ.

ފަވަރަ  ޚިދުމަތުން ވަކިވަކި ފަރުދުންނަށް އަދި ވިޔަފާރިތަކަށް ވެސް އެކި ކަސްޓަމަރުންނަށް ފައިސާއަށް އެދި ރިކުއެސްޓު ފޮނުވެ އެވެ. އަދި ވިޔަފާރިތަކަށް ވެސް ކަސްޓަމަރުންގެ އަތުން ފައިސާ ބަލައިގަތުގުމުގައި ފަސޭހަތަކެއް ލިބޭނެ އެވެ. މިއީ 24 ގަޑިއިރު ލިބެން ހުންނަ ޚިދުމަތެކެވެ. 

މި ލިޔުން ކިޔާލުމުން