ވިޔަފާރި

އައިފޯން 16 އަދި އެޕަލް ގެ އެންމެ ފުރަތަމަ އޭއައި އައިފޯން ލޯންޗުކުރުން ސެޕްޓެމްބަރ 9 ގައި

އައިފޯން 16 އަދި އެޕަލް ގެ އެންމެ ފުރަތަމަ އޭއައި އައިފޯން ލޯންޗުކުރުން ސެޕްޓެމްބަރ 9 ގައި

އައިފޯންގެ ފޮޓޯއެއް

މަރިޔަމް ޔަޢުފާ

މަރިޔަމް ޔަޢުފާ

27 އޯގަސްޓު 2024، 03:27

27 އޯގަސްޓު 2024، 03:27

އެޕަލްއިން ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބާއްވާ އިވެންޓުގައި މި ބްރޭންޑްގެ އެންމެ ފުރަތަމަ އޭއައި އައިފޯން އަދި އައިފޯން 16 ތަޢާރަފް ކުރަން ނިންމައިފިއެވެ. އަދި މި އިވެންޓްގެ ތެރެއިން އައިފޯން މޮޑެލް 16 ލޯންކުރާނެ ކަމަށް ބެލެވެއެވެ. އެޕަލް ޕާކުގައި ހުންނަ ސްޓީވް ޖޮބްސް ތިއޭޓަރުގައި ހެނދުނު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އިވެންޓް އޮންލައިންކޮށް ސްޓްރީމް ކުރާނެއެވެ. އަދި މި އިވެންޓްގައި ހޭޝްޓެގެ އެއްގެ ގޮތުގައި 'ގްލޯޓައިމް"  ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް 'ގްލޯޓައިމް" އިން އިޝާރާތް ކުރަނީ ކޮން އެއްޗަކަށް ކަމެއް އަދި ސާފު ނުވި ނަމަވެސް، އާޓިފިޝަލް އިންޓަލިޖަންސް އަކީ އެންމެ ފަހުގެ އައިފޯންގެ މުހިއްމު ފީޗާއަކަށް ވާނެ ކަމަށް އެޕަލްއިން ބުނެއެވެ.

މި ޖޫންމަހު ބޭއްވުނު ވޯލްޑްވައިޑް ޑިވެލޮޕަރސް ކޮންފަރެންސްގައި، އައިފޯންގެ އައު މޮޑެލްގައި އޭއައިގެ ތަފާތު ސިފަތައް އެކުލެވިފައިވާނެ ކަމަށް ވަނީ އިޢުލާންކޮށްފައެވެ. މީގެ ތެރޭގައި އެޕަލްއިން އުފައްދާ އޭއައި ޖަނަރޭޓަޑް އިމޯޖީގެ އިތުރުން، އޭއައިގެ ޒަރިއްޔާއިން ސިރީގެ ވިސްނުން ތޫނުކަން ދައްކުވައިދޭ ސިފަތައްވެސް ހިމެނިފައިވާނެ ކަމަށް އެޕަލް ކުންފުނިން ބުނެއެވެ. 

އައިފޯން 15 ޕްރޯ މެކްސް ބޭނުންކުރާ ފަރާތްތަކަށް އޭއައިގެ ބައެއް ފީޗާސްތައް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް، ކުރިއަށް އޮތް އައިފޯން 16 އަކީ އޭއައި އަށް ވިސްނައިގެން ފުރިހަމައަށް ޑިޒައިން ކުރި ފުރަތަމަ ޑިވައިސް ކަމަށް އެ ކުންފުނިން ބުންޏެވެ.

އައިފޯން 16 އަދި އެޕަލް ގެ އެންމެ ފުރަތަމަ އޭއައި އައިފޯން ލޯންޗުކުރުން ސެޕްޓެމްބަރ 9 ގައި

އައިފޯންގެ ފޮޓޯއެއް

އައިފޯންގެ ކޮންމެ އައު މޮޑެލެއްގެ އަގު ބޮޑު ނަމަވެސް، މި މޮޑެލްގެ އިންތިޒާރުގައި ތިބި މީހުން ވަރަށް ގިނައެވެ. މިފަހަރު މި ނެރޭ އައު މޮޑެލްގައި މި ހިމެނޭ ސިފަތަކުގެ ފުރިހަމަކަމުގެ ސަބަބުން މީގެ އަގާއި މެދު އާންމުންގެ ތެރޭގައި ބޮޑަތި ސުވާލުތަކެއް ދަނީ ކުރެވެމުންނެވެ.

މި ލިޔުން ކިޔާލުމުން